ޚަބަރު

ސައުތު އޭޝިޔަން ސްޕީކާރސް ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން ރާއްޖެވަޑައިގެންފި

ހަތަރު ވަނަ ސައުތު އޭޝިޔަން ސްޕީކާރސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ސަރކް ފަސް ގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސުން ރާއްޖެ ވަޑައިގަންނަވައިފިއެވެ. އެގޮތުން މިހާރު ރާއްޖެ ވަޑައިގަންނަވާފައިވަނީ އަފްޣާނިސްތާން، އިންޑިޔާ، ބަންގްލަދޭޝް، ބޫޓާން އަދި ޕާކިސްތާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސުންނެވެ. ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައެވެ.

ސަރކް ޤައުމުގެތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރްހަބާ ދަންނަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ގެ އިތުރުން ޤާނޫނުހަދާ މަޖިލީހުގެ ބައެއް މެމްބަރުންނެވެ. މީގެ ތެރޭގައި މަޖިލީހުގައި ހިމެނޭ އިދިކޮޅު ޕާޓީ ޕީޕީއެމް އަދި ފީއެންސީގެ މެމްބަރުން ހިމެނިވަޑައިގަންނަވައެވެ.

“ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް”ގެ ނަމުގައި ބާއްވާ މި ސަމިޓްގައި ސާރކް ހަތް ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސުން ބައިވެރިވެ ވަޑައިގަންނަވައެވެ. ސަމިޓް އޮތީ ރައްޔިތުން މަޖިލިސް ކުރާ އިދާރާގައި ސެޕްޓެމްބަރުމަހުގެ 1 އިން 2 ވަނަ ދުވަހުގެ ނިޔަލަށެވެ. ސަމިޓްގައި މަޝްވަރާކުރެވިގެންދާނީ ދެމެހެއްޓެނިވި ތަރައްޤީ އާއި ގުޅޭ ގޮތުންނެވެ.

މިއީ ރާއްޖޭގައި މި ސަމިޓް ބާއްވާ ފުރަތަމަ ފަހަރެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close