ޚަބަރު

މިއަދު އެކަނިވެސް ކޮވިޑަށް 18 މީހުން ފައްސިވެއްޖެ

މުޅިމާލެއަށް ކޮވިޑް ފެތުރި އޭގެ ނުރައްކާ ބޮޑުވެގެން ގޮސް މިއަދު އެކަނިވެސް 18 މީހަކު ކޯވިޑް-19އަށް ރާއްޖެއިން ޕޮޒިޓިވްވެ ޖުމުލަ 128އަށް އަރައިފިއެވެ.

ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ ކޯވިޑް-19އަށް ޝައްކުކުރެވިގެން ކުރެއްދޫ ރިސޯޓުން ސާމްޕަލްގެ ނަތީޖާ ނުލިބިހުރި ގިނަ ސާމްޕަލްތަކެއްގެ ނަތީޖާ މިހާރު ލިބެންފަށާފައިވާކަމަށެވެ.

މިއަދު އެކަނިވެސް ވަނީ 18 މީހުންވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. މިހާތަނަށް އެންއީއޯސީން ޢާންމުކޮށްފައިވާ މަޢޫލޫމާތުން އެނގެނީ ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވެފައިވަނީ 60 ބިދޭސީންނާއި 68 އަށް ދިވެހިންނެވެ. މިއަދު ވަނީ ރާއްޖެއިން އަލަށް ސްރީލަންކާ މީހަކު ޕޮޒިޓިވްވެފައިވާކަން ހާމަކުރައްވާފައެވެ.

ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވި ގިނަ ބިދޭސީންނަކީ ޑެލިވަރީއާއި އެހެން ޚިދުމަތްތަކުގައި މަސައްކަތްކުރާ މީހުންނެވެ. އެގޮތުން ޕޮޒިޓިވްވި ބިދޭސީންގެ ކޮންޓްރެކްޓް ޓްރޭސްކުރުމުގެ ތެރެއިންވަނީ ގިނަ ޢަދަދެއްގެ ބިދޭސީން ހިމެނޭ ހަބެއްވެސް ދެނެގަނެފައެވެ.

މާލޭގައި އެއްތަނެއްގައި ގިނަ ޢަދަދެއްގެ ބިދޭސީން އުޅެމުންދާތީ އެތަންތަނަށް އެންއީއޯސީގެ ޓިމްތައް ގޮސް ބިދޭސީންގެ ސާމްޕަލް ނަގައި ޓެސްޓްކުރަމުން އަންނަކަމަށާ، އެގޮތަށް ނަގާ ސާމްޕަލްތަކުންވެސް ބިދޭސީން މިބައްޔަށް ޕޮޒިޓިވްވެފައިވާކަމަށް އެންއީއޯސީން ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close