ޚަބަރު

މިއަދުގެ މިހާތަނަށް ދެ ދިވެހިން ޕޮޒިޓިވްވެ އެކްޓިވް ކޭސް 70 އަށްއަރައިފި

ފުލޫ ކްލިނިކަށް ރޭ ދައްކަން ދިޔަ އިތުރު ދެ ދިވެއްސަކު ޕޮޒިޓިވްވެ، މާލެ އިން ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު 66 އަށް އަރައިފިއެވެ. އެހެންކަމުން މިހާރު ފަރުވާދެމުންދާ އެކްޓިވް ކޭހުގެ ޢަދަދަކީ 70 އެވެ.

އެޗްޕީއޭ އިން ރޭ ދަންވަރު އިއުލާންކޮށްފައި ވަނީ ފްލޫ ކުލިނިކަށް ދިޔަ ދެ ދިވެހިން ޕޮޒިޓިވްވި ކަމަށެވެ. އެއާ އެކު މުޅި ރާއްޖެ އިން ޕޮޒިޓިވް ވި މީހުންގެ އަދަދު މިހާރު ވަނީ 86 އަށް އަރާފައެވެ.

އިއްޔެ އެކަނިވެސް ވަނީ 17 މީހުން ޕޮޒިޓިވް ވެފައެވެ.

މާލެއިން ބަލި ފެނުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދި ގިނަބަޔަކު ވަނީ ދެނެގަނެވިފައެވެ. މިހާރު ކުރިއަށްދަނީ މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓްކުރުމު މަސައްކަތެވެ.

ޕޮޒިޓިވްވި މީހުންގެ ތެރޭގައި ޑެލިވަރީގެ ޙިދުމަތްތަކާއި، އާންމު އެހެން ޚިދުމަތްތަކުގައިވެސް އުޅޭމީހުން ފެނިފައިވާތީ އެމީހުންނާއި ދިމާވި މީހުން ލަސްނުކޮށް އެޗްޕީއޭއަށް ރިޕޯޓްކުރުމަށް ވަނީ އާންގަވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close