ޚަބަރު

ވެބް މެދުވެރިކޮށް ފުރަތަމަ ފަހަރަށް މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ފުރަތަމަ ފަހަރަށް މިއަދު ބާއްވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ހެނދުނު 11:00 ގައި ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. އެ އެޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ އެންމެ މައްސަލައެއް ކަމަށް މައުލޫމާތުދެއެވެ. އެއީ ކޮވިޑް 19 އާ ގުޅިގެން އާއިލާތަކާއި ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުމުން އަރައިގަތުމަށް ސަރުކާރުން ހިންގަން ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމާބެހޭ މައްސަލައެވެ.

ރައްޔިތުންގެ މަޖިލީހުން އެންމެ ފަހުން ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ، ޖަލްސާތައް ބާއްވަންޖެހޭ ހާލަތުގައި ޖަލްސާތައް ބާއްވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

އަދި މިމަހުގެ 24 ވަނަ ދުވަހު ރައީސް ނަޝީދު ވަނީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާނޭ ގޮތަކާއި ގުޅޭގޮތުން ޕީޖީ ލީޑަރުންނާއި މަޖިލީހުގެ ކޮމިޓީތަކުގެ މުޤައްރިރުންނާއެކު މަޝްވަރާ ކުރައްވާފައެވެ. އަދި އެދުވަހު ނިންމާފައިވަނީ އިންޓަރނެޓް މެދުވެރިކޮށް ޖަލްސާތައް ކުރިއަށް ގެންދިއުމަށެވެ.

ވެބް ކޮންފަރެންސް ޗެނަލެއްގައި ހިމަނައިގެން ރައްޔިތުން ޖަލްސާތައް ބާއްވާނެ އުސޫލެއް މިދިޔަ ހަފުތާގައި މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ކަނޑައަޅައިފައެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖަލްސާތައް ކުރިއަށް ގެންދިއުމަށް މަޖިލީހުން ނިންމާ ޓެސްޓް ކޮށްފައިވާއިރު، މިއީ ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ގައުމެއްގެ މަޖިލީހެއް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ނިންމި ފުރަތަމަ ފަހަރެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close