ސޯޝަލް މީޑިއާ ޤުރުއާނުން ފުރާލަމާ، އަޅުގަނޑު ފަށާނަން – ޑރ.ޝަހީމް
“ސޯޝަލް މީޑިއާ ޤުރުއާނުން ފުރާލަމާ. އަޅުގަނޑު ފަށާނަން. އިންޝާﷲ” އޭ ވިދާޅުވެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ޓްވީޓެއް ކުރައްވައިފިއެވެ.
ބެލެވޭގޮތުގައި އެއީ ކޮވިޑް-19 އާއި ގުޅިގެން އެކި ފަރާތްތަކުން ތަފާތު ޗެލެންޖްތައް ކުރަމުން ދާތީ ޑރ.ޝަހީމްއ ކުރެއްވި ޓްވީޓެކެވެ. ޝަހީމް ދާދި ދެންމެ ކުރެއްވި އެޓްވީޓްގައި ވަނީ މުޅި ޤުރުއާން ކިޔަވައި ނިންމުމުގެ ޗެލެންޖަކަށް ތައްޔާރީ ކޮން ކުދިންނެއްތޯ ސުވާލު ކުރައްވާފައެވެ.
ޝަހީމްގެ ސުވާލުން ދޭހަވަނީ ކީރިތި ޤުރުއާން ހަތިމް ކުރުމުގެ ޗެލެންޖެއް ފެއްޓެވުމަށް ނިންމަވައިފައިވާކަމެވެ.
ޑރ.ޝަހީމަކީ ޙާފިޒަކަށް ވެފައި އެމަނިކުފާނު މިހާރު ހުންނެވީ އިސްލާމީ ގައުމުތައް ހިމެނޭ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ މުޝީރުގެ މަޤާމުގައެވެ.
ޑރ.ޝަހީމް ވަނީ ކުރިން ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ކަމާއި އިސްލާމިކް ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ކަމާއި ޗާންސަރުކަން ވެސް ކުރައްވާފައެވެ.
ކޮވިޑް-19 އާއި ގުޅިގެން އާއްމުން ގޭގައި ތިބެން ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ގެންދަނީ ކެނޑިނޭޅި ލަފާ ދެއްވަމުންނެވެ. އަދި އެގޮތަށް ގޭގައި ބަންދުވެފައި ތިބޭއިރު ފައިދާހުރި ކަމެއް ކުރުމަށްވެސް އެފަދަ ފަރާތްތަކުން އަންނަނީ ބާރުއަޅުއްވަމުނެވެ.
އެހެންނަމެވެސް މީސްމީޑިއާގައި މިހާރު އެންމެ ގަދަ އަށް “ޓްރެންޑް” ވަމުންދާ އެއް ކަމަކީ #ސްޓޭއެޓްހޯމްޗެލެންޖްގެ ނަމުގައި ޓޮއިލެޓް ޕޭޕާރ ރޯލް ބޭނުންކޮށްގެން ބަޔަކު ފަށާފައިވާ ޖަގްލްކުރުމުގެ ޗެލެންޖެކެވެ. މި ޗެލެންޖްގައި ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމާއި ބައެއް ވަޒީރުންނާއި، އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ ގިނަ މެންބަރުން ވެސް ބައިވެރިވެއްޖެއެވެ.
އެންމެފަހުން ރައްޔިތުންގެ މަޖްލިސްގެ ރައީސްވެސް ވަނީ އެކަން ކުރެއްވޭތޯ މަސައްކަތް ފައްޓަވާފައެވެ.



V rangalhu khiyaaleh