ޚަބަރު

ކޮވިޑަށް ޝައްކުވެގެން ކޮއްދިއްޕަރުން ބިދޭސީއަކު ޓެސްޓްކުރަނީ

ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމާއި ގުޅިގެން ގްރޭންޑް ޕާކް ކޮއްދިއްޕަރު މޯލްޑިވްސްއިން ބިދޭސީއަކު ޓެސްޓްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވީ، ކޮއްދިއްޕަރު މޯލްޑިވްސްއިން ބިދޭސީއެއްގެ ކިބައިން ކޯވިޑް-19 އަށް ޝައްކުކުރެވޭ ފަދަ ޢަލާމާތްތަކެއް ފެނުމާގުޅިގެން އޭނާ ހޯމް އައިސޮލޭޝަނަށް ލާ އެކަހެރިކޮށްފައިވާކަމަށެވެ. އަދި އޭނާގެ ސާމްޕަލް ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެޗް.ޕީ.އޭއިން ވަނީ ވިދާޅުވެފައެވެ.

ޢަލާމާތްތައް ފެނިފައިވަނީ އެ ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފެއްގެ ގައިންކަމެއް ނުވަތަ ފަތުރުވެރިއެއްގެ ގައިންކަމެއް އެޗް.ޕީ.އޭއިން ހާމަކޮށްފައެއްނުވެއެވެ. ކޮދިއްޕަރު މޯލްޑިވްސްއިން ބިދޭސީއެއްގެ ކިބައިން ކޯވިޑް-19 އަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ފެނުމާގުޅިގެން އެ ރިސޯޓް މިހާރު ވަނީ މޮނިޓަރިން ހާލަތަކަށް ގެނެސްފައެވެ.

ރާއްޖޭން މިހާތަނަށް ކޯވިޑް-19 އަށް 13 މީހަކު ޕޮޒިޓިވްވެފައިވާއިރު، މި އެންމެންނަކީވެސް ބިދޭސީންނެވެ. މީގެ ތެރެއިން 8 މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close