ރޭ ދަންވަރު އެރިލޮޅުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް – މެޓް
ރޭ ދަންވަރު އުތުރުގެ ބައެއް އަތޮޅުތަކުގެ ރަށްތަކުގެ ބިންގަނޑަށް ލޮޅުން އެރިކަމުގެ ރިޕޯޓްކޮށްފައިވާ ކަމަށާއި، އެކަމަކު އޭގެ ސަބަބުން އެއްވެސް ނުރައްކަލެއް ނެތްކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މެޓް އޮފީހުން ވިދާޅުވީ މިރިޕޯޓު ލިބުމާއި ގުޅިގެން ބެލި ބެލުމުން ހދ ހަނިމާދޫގައި ހުންނަ މޫސުމާއި ބެހޭ އޮފީހުގައި ބެހެއްޓިފައިވާ ބިންހެލުން މޮނީޓަރ ކުރާ މީޓަރަށް ރޭގެ 1:47 ހާއިރު ބިންގަނޑަށް އެރި ލޮޅުމެއް ރެކޯޑު ކުރެވިފައިވާކަމަށް ރެކޯޑްކުރެވިފައިވާ ކަމަށެވެ.
އެއިދާރާއިން ވިދާޅުވީ، މި ގުޑުމުގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.
ހއ އަތޮޅާއި ހދ އަތޮޅުގެ ބައެއް ރަށްރަށުގެ މީހުން ބުނެފައިވާ ގޮތުގައި ބިންގަނޑަށް އެރި ލޮޅުން ގިނަ ބަޔަކަށް ފާހަގަވެސް ކުރެވުންނެވެ.
މީގެ ކުރިންވެސް ހައްދުންމަތީގެ ބައެއް ރަށްރަށަށްވެސް މިފަދަ ގުޑުމެއް އިހްސާސްވެގެން ރިޕޯޓްކޮށްފައި ވެއެވެ.
ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ ބިންގަނޑަށް އެރި ލޮޅުމެއް ރެކޯޑް ކުރެވިފައިވާއިރު، ރާއްޖެ އާއި ކައިރި އެއްވެސް ހިސާބަކަށް ރޭ އެވަގުތުގައި ބިންހެލުމެއް އައިކަމަކަށް، އެމެރިކާގެ ޖިއޮލޮޖިކަލް ސާރވޭގެ ބިންހެލުމާއި ގުޅޭ ރެކޯޑްތަކަކުން ނުދައްކައެވެ.
