ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 108 މީހުން
ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 108 މީހުން ކަމުގައި އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.
އެޗްޕީއޭއިން މިރޭ ޢާންމުކުރި މަޢުލޫމާތުތަކަށް ބަލާއިރު، މާލެ ސަރަހައްދުން އިތުރު 21 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން 72 މީހުންނާއި، ރިސޯޓުތަކުން 15 މީހުން ޕޮޒިޓިވްވި ކަމަށެވެ.
އެހެންކަމުން ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 78464 އަށް އަރާފައެވެ. ހަމައެހެންމެ މިހާތަނަށް 75660 މީހުން ބަލިން ރަނގަޅުވެފައިވާއިރު، މި ވަގުތު ފަރުވާދެމުން އަންނަނީ 2570 މީހުންނަށެވެ. އޭގެތެރެއިން 19 މީހުންނަށް ފަރުވާދެނީ ހޮސްޕިޓަލުގައެވެ.
ކޮވިޑް ޖެހިގެން މިހާތަނަށް 222 މީހުން ނިޔާވެފައިވެއެވެ.
