ޚަބަރު

ހުޅުދުއްފާރު މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ފުރަބަންދު ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހެދި ރިލީޒް ސާމްޕަލަކުން ރ. ހުޅުދުއްފާރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީން ވިދާޅުވީ، ހުޅުދުއްފާރުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ.

ހުޅުދުއްފާރުން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ފެނުނުނަމަވެސް އަދި އެރަށް މޮނިޓަރިންއަށް ނުވަތަ އަރާފޭބުން މަނާކުރިކަން އެޗް.އީ.އޯ.ސީން ހާމަކޮށްފައި ނުވެއެވެ. ހުޅުދުއްފާރުން މީގެކުރިންވެސް ވަނީ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ.

އެޗް.ޕީ.އޭއިން އާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 13 ރަށަކުންނާއި، 9 ރިސޯޓަކުން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ވަނީ ފެނިފައެވެ. ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 5679 އަކަށް އަރާފައިވާއިރު، 3208 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. އަދި އައިސޮލޭޝަންގައި މިވަގުތު 1518 މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ. އަދި 146 މީހަކު އަންނަނީ ހޮސްޕިޓަލުގައި މި ބައްޔަށް ފަރުވާ ހޯދަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close