ޚަބަރު

ރާއްޖޭގައި ވަގު ނޫޓު ދައުރުވަމުން ނުދޭ – މަރުކަޒީ ބޭންކް

ރާއްޖޭގައި ވަގުނޫޓު ދައުރުވަމުން ނުދާކަމަށާއި އެދޮގުޚަބަރެއްކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ވަގުނޫޓު ދައުރުވަމުންދާކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޚަބަރުތަކާއި ގުޅޭގޮތުން އެމްއެމްއޭއިން ވިދާޅުވީ، ރަންދިހަފަހެއްގެ ނޫޓުތަކުގެ ސިފަތަކުގެ ތެރޭގައި ހިމެނޭ ޓެކްޓައިލްޑޮޓްސް އެކި ސަބަބުތަކާއިހުރެ ނޫޓުން ފެންނަން ހުންނަ މިންވަރު ތަފާތުވެދާނެކަމަށެވެ. އެހެންނަމަވެސް އެއީ ސައްޙަ ނޫޓުތަކެއްކަމަށެވެ.

އެއްވެސް ނޫޓަކާއި ދޭތެރޭ ޝައްކު އުފެދިއްޖެނަމަ ވީ އެންމެ އަވަހަކަށް އެނޫޓު އެމްއެމްއޭއަށް ގެނެސްދިނުމަށް އެމްއެމްއޭއިން ވަނީ އެދިފައެވެ. އަދި އެ ނޫޓެއް އެމްއެމްއޭއިން ބަދަލުކޮށްދޭނެކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

ސައްހަނޫން ނޫޓެއްކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ 500 ރުފިޔާގެ ނޫޓެއްގެ ފޮޓޯތަކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close