ރިޕޯޓް

ކަނޑުހުޅުދޫ މައްސަލައާއިއެކު ޖިންސީ ގޯނާއާއި ރޭޕްގެ އެތައް މައްސަލަތަކެއް

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ އަންހެން ކުއްޖަކަށް، އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތި ވުމާ އެކު އެތައް ދުވަހެއް ވަންދެން ހާމަނުވެ ހުރި މިފަދަ ގިނަ މައްސަލަތަކެއް ވަނީ ހާމަވާން ފަށައިފައެވެ.

އަދި މިފަދަ ގިނަ މައްސަލަތައް ތަހުގީގު ކުރަން ފަށާފައިވާ އިރު، ފުލުހުން ވަނީ ބައެއް މީހުން ހައްޔަރުވެސްކޮށްފަ އެވެ. މިފަދަ މައްސަލަތަކުގައި ޢާއްމުންނާއި ފުލުހުންނާ ދެމެދު ބޮޑެތި ހަމަނުޖެހުންތައް ހިނގައި އެތައްބަޔަކު ހައްޔަރުކޮށް އެތައްހާދިސާތަކެއް މިދަނީ ހިނގަމުންނެވެ.

މިހާތަނަށް ފެންމަތިވި މިފަދަ މައްސަލަތަކުގެ ތެރޭގައި އިތުބާރު ކުރެވޭ މަގާމުތަކުގައި ތިބި މީހުންނާއި މަހުރަމުންގެ ފަރާތުން ކުޑަ ކުދިންނަށް ޖިންސީ އަނިޔާ ލިބޭ އެތައް މައްސަލަ އެއް ވަނީ ހިނގައިފައެވެ. ގޭންގް ރޭޕާއި ގްރޫޕް ރޭޕްތައްވެސް މިދަނީ ފެންމަތިވަމުންނެވެ.

ސަތޭކަ ޕަސަންޓް މުސްލިމު ޤައުމެއްގެ ގޮތުގައި ދުނިޔެއަށް ނަންއިއްވައިގެން ތިބި އަޅުގަނޑުމެން ދިވެހިރާއްޖޭގައި ދިރިއުޅޭ އާއްމުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ މިފަދަ ލާއިންސާނީ އަމަލުތައް ހިންގާ މީހުންނަށް އަދަބު ދީ، އަނިޔާ ލިބޭ ކުދިންނަށް އިންސާފު ހޯދާ ނުދެވުމެވެ. އިސްލާމީ ޝަރީޢަތް ދިވެހިރާއްޖޭގައި ޤާއިމް ނުކުރެވުމެވެ.

މިފަދަ މައްސަލަތައް ގިނަވެ، ހައްލެއް ނުހޯދި ދިގުދެމިގެން ދިއުމާ ގުޅިގެން ކަމާއި ބެހޭ ގިނަ މުއައްސަސާތަކަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވާން ފަށައިފައެވެ. އަދި އެފާޑުކިއުންތައް ސަރުކާރަށްވެސް އެދަނީ އަމާޒުވަމުންނެވެ.

ޙައްލެއް ނުލިބި ދިގުދެމިގެންދާ މިފަދަ ބޮޑެތި މައްސަލަތަކަށް އޮތް ހަމައެކަނި ޙައްލަކީ އިސްމީ ޝަރީޢަތް މިރާއްޖޭގައި ޤާއިމު ކުރުންކަމުގައި ދީނީ ޢިލްމްވެރިންނާއި، އަދި އެތައްބަޔަކު އެދަނީ ގޮވަމުންނެވެ. މިކަމުގައި އަވަސް ރަނގަޅު ފިޔަވަޅު ތަކެއް ނޭޅިއްޖެނަމަ މި ލޮބުވެތި ދިވެހި ވަޠަނުން އަދި މިއަށްވުރެވެސް ނުރައްކާތެރި ކަންތައްތަކެއް ފެނުމަކީ ނުވެ ނުދާނޭ ކަމެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close