ޚަބަރު

ކަނޑުމަތީގެ ނުރައްކާތެރި އެކްސިޑެންޓެއްގައި ބަޔަކަށް އަނިޔާވެއްޖެ

ކަނޑުމަތީގެ ނުރައްކާތެރި އެކްސިޑެންޓެއްގައި ބަޔަކަށް އަނިޔާވެއްޖެއެވެ.

އެކްސިޑެންޓްވެ ބަޔަކަށް އަނިޔާވެފައިވަނީ އެއާޕޯޓް ފެރީ އަކާއި ލޯންޗެއް ޖެހިގެންނެވެ.

ފުލުހުން ވިދާޅުވީ ލޯންޗާއި ފެރީ ދޯނި ޖެހި ހިނގި އެކްސިޑެންޓްގައި 5 މީހުނަށް އަނިޔާވެފައިވާ ކަމަށާއި އެމީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދާކަމަށެވެ.

ފުލުހުން ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާވީ ފެރީ ދޯނީގައި ތިބި އަންހެން 4 ފަތުރުވެރިންނާއި، ލޯންޗު ދުއްވަން އިން ދިވެހި ކެޕްޓަނަށް ކަމަށެވެ. އަދި އެއްވެސް މީހަކަށް ސީރިއަސް ޒަޚަމެއް ލިބިފައި ނުވާކަމުގައިވެސް ފުލުހުން ވިދާޅުވެއެވެ.

މިއެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިރޭގެ 22:30 ހާއިރުގައި ކަމަށާއ، އެކްސިޑެންޓްވީ މިރޭގެ 21:45 ހާއިރުގައި ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ، އެކްސިޑެންޓްވި ފެރީ ދޯންޏަކީ، ފަތުރުވެރިން ގޮވައިގެން ހުޅުމާލެއަށް ދިޔުމަށްޓަކައި، ހުޅުލޭގެ އުތުރު ފަރާތު ނެރުން ނުކުތް ދޯންޏެއް ކަމަށެވެ.

އަދި ފުލުހުން މިހާރު ގެންދަނީ މިއެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ބަލައި ތަޙުޤީޤު ކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close