ޑީޑް ހޮލިޑޭ ކަޕްގެ ޗެމްޕިއަންކަން އެފްސީ ސެވަން ސްޓާރ ހޯދައިފި
މިއަހަރުގެ ސްކޫލް ބަންދާއި ދިމާކޮށް ނ.ލަންދޫގައި ކުރިއަށް ގެންދިޔަ “އަންޑަރ ނައިންޓީން ޑީޑް ހޮލިޑޭ ކަޕް 2019” ގެ ޗެމްޕިއަންކަން އެފްސީ ސެވަންސްޓަރ ހޯދައިފިއެވެ.
ސެވަންސްޓަރ ޗެމްޕިއަންކަން ހޯދީ މިއަދު ކުޅުނު ފައިނަލްމެޗްގައި އެފްސީ ވައިޓްލައިންއާއި ބައްދަލުކޮށް 5 – 2 ން ފައިނަލް މެޗް ކާމިޔާބު ކޮށްގެންނެވެ.
މިއަދު ހަވީރު ލަންދޫ ފުޓްސަލް ދަނޑުގައި ކުރިއަށް ދިޔަ ޑީޑްކަޕް ފައިނަލް މެޗް ނިމުމުން މުބާރާތުގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށާއި، ޓީމްތަކަށް ޓްރޮފީއާއި، ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވިއެވެ. ޓްރޮފީތަކާއި، ސެޓްފިކެޓްތައް ކުޅުންތެރިންނާ ހަވާލުކޮށްދެއްވީ މުބާރާތުގެ ފައިނަލް މެޗްގެ ޝަރަފްވެރި މެހްމާން ކްލަބް އީގަލްސްގެ އެސިސްޓެންޓް ކޯޗް އަލްފާޟިލް ޙަސަން މާހިރުއާއި، ޝަރަފްވެރިންގެ ގޮތުގައި ފައިނަލް މެޗް ބައްލަވާލައްވަން ވަޑައިގެންނެވި އެހެނިހެން ޢިއްޒަތްތެރި ބައެއް ބޭފުޅުންނެވެ.
ޑީޑް ހޮލިޑޭ ކަޕްގެ ޓޮޕް ސްކޯރަރ އަކަށް ހޮވުނީ އެފްސީ ވައިޓްލައިންގެ ޖަރޒީ ނަމްބަރ 10 މުޙައްމަދު ޢުލުވާންއެވެ. އޭނާވަނީ މިމުބާރާތުގައި ޖުމުލަ 11 ގޯލް ޖަހާފައެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ( ކިންގ އޮފްދަ ޓޯނަމެންޓް ) ގެ މަޤާމް ހޯދީ އެފްސީ ސެވަންސްޓަރ ގެ ޖަރޒީ ނަމްބަރ 22 ކެޕްޓަން އިޙްސާން ޢަބުދުއްރަހީމެވެ.
ފެއަރޕްލޭ ކުޅުންތެރިޔަކަށް ހޮވުނީ އެފްސީ ސެވަންސްޓަރ ގެ ޖަރޒީ ނަމްބަރ 74 ޢަލީ އަޒްމީރެވެ.
އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ އެފްސީ ސެވަންސްޓަރ ގެ އަބާން ބިން އިބްރާހިމް އެވެ. ފައިނަލް މެޗްގެ މޭން އޮފްދަ މެޗަކަށްވެސް ހޮވުނީ އަބާންއެވެ.

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން ހޮވާފައިވާއިރު އެ 5 ކުޅުންތެރިންނަށް ހޮވިފައިވަނީ :
މުޙައްމަދު އުލްވާން އެފްސީ ވައިޓްލައިން
މުޙައްމަދު ވިޝާމް އެފްސީ ވައިޓް ލައިން
މުޙައްމަދު އަނޫފް އެފްސީ ސެވަންސްޓަރ
މުއާޒް ޢަބުދުއްރަހީމް އެފްސީ ވައިޓް ލައިން
ޙުސެއިން ސަލާމް އެފްސީ ރައިޑަރސް އެވެ.
އަންޑަރ ނައިންޓީން ޑީޑް ހޮލިޑޭ ކަޕަކީ ނ.ލަންދޫ ހުސްނުހީނާމާގެ އަލްފާޟިލް ޢަލީ ޒިޔާދު ( ޑީޑް ) އަމިއްލަ ޚަރަދުގައި ކުރިއަށް ގެންދަވަން ފެއްޓެވި މުބާރާތެކެވެ. މިއީ ޑީޑް ކަޕްގެ ފުރަތަމަ މުބާރާތެވެ. އަންނަ އަހަރުވެސް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ޑީޑް ކަޕް ބާއްވާނެކަމަށް އެފަރާތުން ވަނީ މިއަދު އިޢުލާންކުރައްވާފައެވެ. އަދި މުބާރާތް ކުރިއަށް ގެންދިއުމުގައި ލަންދޫގެ ޒުވާނުންނާއި، ޚާއްޞަ ކޮށް ޔޫޓޫޖޭ އެކަޑަމީއިން ވެދެއްވި އެހީތެރިކަން ފާގަކޮށް އެފަރާތްތަކަށް ވަނީ ޑީޑް ކަޕްގެ ބާނީ އަލީ ޒިޔާދު ޝުކުރުއަދާކުރައްވާފައެވެ.
މި މުބާރާތަށް ޢާއްމުންގެ ތަރުޙީބުވެސް ވަރަށް ބޮޑަށް ލިބިގެން ގޮސްފައިވާ ކަން ފާހަގަކުރެވެއެވެ.


