ވެރިކަމަށް ވަޑައިގެންނެވިއިރުވެސް އެއްމިލިއަން ޑޮލަރު ހުންނާނެ – ރައީސްޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާއާއި ގުޅިގެން ހުކުމެއް ކުރާނެ ޖާގައެއް ނޯންނާނެ ކަމަށާ ވެރިކަމަށް ވަޑައިގެންނެވިއިރުވެސް އެއްމިލިއަން ޑޮލަރު އެމަނިކުފާނުގެ އަތްޕުޅުގައި ހުރި ކަމަށް އެމަނިކުފާނުވިދާޅުވެއްޖެއެވެ.
ޕީޕީއެމަށް މެންބަރުންތަކެއް ސޮއިކުރަން ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެހެންކަމުން ރައްޔިތުންގެ ބައިތުލްމާލުން ފައިސާތަކެއް ނެގުމުގެ ބޭނުމެއް ނެތް ކަމަށެވެ.
އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ގުޅޭގޮތުން ވަރަށް ތަފްސީލްކޮށް ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެ ދައުވާއާއި ގުޅިގެން ހުކުމެއްކޮށްފާނެތީ އެމަނިކުފާނުގެ ސަޕޯޓަރުން ވަރަށް ކަންބޮޑުވާ ކަމަށެވެ. އެ މެންބަރުންނަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވަނީ ހުކުމެއްކޮށްފާނެ ކަމަށް ކަންބޮޑުނުވުމަށް އެދިވަޑައިގެންފައެވެ. ރައްޔިތުންގެ ބައިތުލްމާލުން އެންމެ ފައިސާ ފޮއްޗެއްގައި ވެސް ޖެހިވަޑައިގެންފައި ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ބާރު އޮތީތީ މުއައްސަސާތަކަށް ނުފޫޒު ފޯރުވައިގެން ދައުވާތަކެއް އުފުލިދާނެ ކަމަށެވެ. އަދި މަނީ ލޯންޑަރިންގެ ދައުވާ އޮޅުވާލައިގެން އުފުލާފައިވާ ދައުވާއެއް ކަމަށް ވިދާޅުވި އެވެ. ރައީސް ޔާމީންގެ މައްޗަށް އިންސާފުވެރި ޝަރީއަތެއްކޮށްފިނަމަ ކުރެވޭނެ ހުކުމެއް ނޯންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އިންސާފުވެރި އަދުލްވެރި ޝަރީއަތެއް ކޮށްފިކަމަށްވާނަމަ ރައީސް ޔާމީންގެ ގައިގައި އަތްލެވޭނެ ގޮތެއް ނޯންނާނެ ކަމަށާއި، އެއީ ވާނެ ކަމެއް ނޫންކަމެވެ.
“ހުކުމެއް ކުރެވިދާނެ. ޝަރީއަތެއް ކުރެވިދާނެ. އަދުލްވެރިކަމާއި އިންސާފަށް ލޯބިކުރާ ކަމަށްވާނަމަ އަދި ބުއްދީގެ ހަމަތައް ގަބޫލުކުރާ ކަމަށްވާނަމަ ދިވެހި ރައްޔިތުން ގަބޫލެއް ނުކުރާނެ އެންމެ 19 ހާސް ޑޮލަރަށްޓަކައި ދިވެހިރާއްޖޭގައި ފަސް އަހަރު ވަންދެން، ފަސް އަހަރުވީއިރު އަޅުގަނޑާ ބެހޭގޮތުން ގާނޫނީ ގޮތުން އިނގިއްޔެއްވެސް ހިއްލާލެވިފައި ނެތްއިރު އަޅުގަނޑު އެވަރުކަމެއް ކޮށްފާނެ ކަމަކަށް ދިވެހި ރައްޔިތުން ގަބޫލެއް ނުކުރާނެ. ރައީސް ޔާމީން ވިދާޅުވި އެވެ. “އަޅުގަނޑު އަމިއްލަ ނަފްސަށްވެސް ލަދުވެތިވާނެ އެފަދަ ކަމެއް ކުރަން. އެއަށްވުރެ އިރާދަކުރެއްވިއްޔާ އަޅުގަނޑު ތަނަވަސް. އަދި އިރާދަކުރެއްވިއްޔާ އެއަށްވުރެ ރައްޔިތުންނަށް އަޅުގަނޑު ޚިދުމަތްކުރަން ބޭނުން.” ވަރަށް އަސަރާއެކު ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ރޭ ވަނީ ސަރުކާރުން އެމަނިކުފާނުގެ ޝަރީއަތަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާ ކަމަށްވެސް ތުހުމަތު ކުރައްވާފައެވެ. އެގޮތުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފަނޑިޔާރަށް ގުޅުއްވާފައިވާކަމަށް އަމިއްލައަށް އިއުތިރާފުވެފައިވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދަން ބޭނުންނަމަ މިއަށްވުރެ އިޚްލާސްތެރި މަސައްކަތްތަކެއް މުއައްސަސާތަކުން ކުރަންޖެހޭ ކަމަށެވެ.


އެހެންވީމާ ތިޔައީ ހާދަ އިތުރުފުޅު ހައްދަވާ ބޭފުޅެކޭ ވެރިކަމަށް އައިސް ބުނީ މުސާރަ ނަގާނީ ދެބައިކުޅަ އެއްބަޔޯ މިހެން ބުނެފައި. ދަރިން ދިރި އުޅޭނެ ހާލަތެއްނެތިގެން މުސާރަ އެއްކޮށް ނެގީޔޯ މިހާރު ތިޔަ ކިޔަނީ ކީކޭތަ. ރައީސް މާއުމޫނުގެ ދައުރުގައިވެސް ހަވާލުކުރި ކުންފުންޏެއް އޮވެއްޖިއްޔާ އެތަނަކުން ވައްކަން ކުރާވާހަކަ ނޫނީ ކަޑުވާލާވާހަކަ އިވޭ އެފަދަ މީހަކު އެއްވުރެ ބާރުވެރިކަމެއް ލިބުމުން އަތްފައި މަޑުންލައިގެން ހުންނާނެކަން ޤަބޫލުކުރަން ހަމަ ދަތި.