ޚަބަރު

65 އަހަރުގެ އަންހެނަކާ 23 އަހަރުގެ ޒުވާނަކު ކައިވެނިކޮށްފި

ޗެކްރިޕަބްލިކްގެ ޢުމުރުން 65 އަހަރުގެ އަންހެނަކު ޕާކިސްތާނުގެ ، ގުޖްރަންވާލާ އަވަށަށް ނިސްބަތްވާ ޢުމުރުން 23 އަހަރުގެ ޒުވާނަކާ ކައިވެނިކޮށްފިއެވެ.

ސޯޝަލް މީޑިއާގެ ސަމާލުކަމަށް މިކަންއައީ މިދެމީހުންގެ ޢުމުރުގެ ތަފާތު ބޮޑުކަމުންނެވެ.

ކައިވެންޏަށްޓަކައި އަންހެންމީހާ މިހާރު ޕާކިސްތާނަށް އައިސްފައިވާއިރު މި ދެމީހުން ދިމާވެފައިވަނީ ފޭސްބުކުން ކަމަށް ވަނީ ބުނެފައެވެ.

ރައްޓެހިވެގެން އުޅޭތާ މާކަގިނަދުވަސްތަކެއް ނުވިނަމަވެސް ދެމީހުންގެ ކައިވެންޏަށްފަހު ޗެކްރިޕަކްލިކަށް ދިރިއުޅުން ބަދަލުކުރުމަށް ފިރިހެންކުއްޖާ މިހާރުވަނީ ނިންމާފައެވެ.  

ޕާކިސްތާނުގެ ޑެއިލީހޯސްޓް އަށް ޢުމުރުން 23 އަހަރުގެ ޢަބުދުﷲ ދިން ބަސްދީގަތުމެއްގައި ބުނެފައިވާކަމަށް އެނޫހުގައިވަނީ އަންހެންމީހާ ކިތަންމެ ދޮށީވިޔަސް އޭނާ ކައިވެނިކުރީ ލޯބިން އެކީގައި އުޅެންކަމުގައެވެ.  

ޢަބުދުﷲ އަކީ ގޭގޭގައި މަސައްކަތްކޮށްދީގެން “ހައުސް ޕެއިންޓަރ” އެއްގެ ގޮތުގައި އުޅޭ ކުއްޖަކަށް ވީނަމަވެސް އަންހެންމީހާއަކީ ޓީޗަރެކެވެ. ދެމީހުންގެ މިގުޅުމުގެ ސަބަބުން ސޯޝަލްމީޑިއާގައި މިކަން ގިނަބަޔަކު ސިފަކުރަމުންދަނީ ޙަޤީޤީ ލޯތްބަކީ މިއީކަމުގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close