ޚަބަރު

ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި

       ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި 

                އ . ދ

ދިވެހިންގެ ފަޚުރޭ މީ މިބަސް ދިވެހިންގެ ޤައުމިއްޔަތުގެ ބަސް

            ދިވެހިންގެ އެއްބައިވަންތަކަން ގެނުވައިދެނީ ނަލަ ދިވެހިބަސް

ދުނިޔޭގެ ނިސްބަތުގައި ވިޔަސް ފައިހަމަކުރޭ ފުރިހަމަ މިބަސް

            އުނިކަން ނެތޭ ލޮބުވެތިވި ބަސް ޤައުމިއްޔަ ރުކުނުގެ ދިވެހިބަސް

އަކުރެއް ބަހެއް ނެތް ޤައުމުތައް މުއްސަނދި ތަރައްޤީ ވެވި އޮތަސް

            އަކުރެއް އަމިއްލަ އޮތުން އެއީ ފަޚުރެއް މެ ނޫންތޯ ދިވެހިބަސް

އުވިދިޔަނުދީ ހިފެހެއްޓުމަށް އަތުކުރި އޮޅާށޭ ޖާނުދީ

            އުވިގެން ހިނގައި ގޮސްފާނެތީ ބިރުހީވެފައިވާ ދިވެހިބަސް

އެންމެން އެކީ އެއްބައިވެގެން ވަރުގަދަ ކަމާއެކު އެކުވެގެން

            ދެންވެސް އުޅޭށޭ ޚިދުމަތެއް ކޮށްދޭން އުޖާލާ ދިވެހިބަސް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close