ޚަބަރު

މަޑުއްވަރީގައި ޕިކަޕެއް ފަހަތަށް ޖަހަނިކޮށް ފިތިގެން މީހަކު ނިޔާވެއްޖެ


ރ. މަޑުއްވަރީގައި މިއަދު ޕިކަޕެއް ފަހަތަށް ޖަހަނިކޮށް އެޕިކަޕުން ޖެހިފައި މިހާރު ނިޔާވެއްޖެއެވެ.

މި އެކުސިޑެންޓްގައި ނިޔާވެފައިވަނީ އެރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަސްލަމް އަބްދުﷲ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.


އެ ހާދިސާ ހިނގީ ކައުންސިލްގެ ޕިކަޕް ފަހަތަށް ޖެއްސުމުގެ ތެރޭގައި ޕިކަޕް ފަހަތުގައި އެސްޖީ އަސްލަމް ހުންނަވަނިކޮށް ފާރާއި ޕިކަޕްދޭތެރޭ ފިތިގެންކަމަށެވެ.

މަންޒަރު ދުށް މީހަކާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެހާދިސާ ހިނގީ އެ ޕިކަޕް ފަހަތަށް ޖެއްސުމުގެ ތެރޭފައި ބުރަތްކަށް ފިތާލުމުގެ ބަދަލުގައި ސްޕީޑަށް ފިތާލެވުމުގެ ސަބަބުން ދިޔަގޮތަށް ފާރުގަ ޖެހުމުން އަސްލަމް ޕިކަޕާ ފާރާ ދެމެދަށް ފިތިގެންނެވެ.

އަސްލަމް ނިޔާވެފައި ވަނީ އުނގޫފާރު ރީޖިނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

ނިޔާވިއިރު އަސްލަމްގެ އުމުރަކީ 40 އަހަރެވެ. މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close