ރިޕޯޓް

2020 ގެ ބަޖެޓުން އަތޮޅުތަކުގެ ރައްޔިތުންނަށްވެސް އާ އުންމީދުތަކެއް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓުން އަތޮޅުތަކުގެ ރައްޔިތުންނަށްވެސް އާއުންމީދުތަކެއް މިފަހަރު ގެނުވައިފިއެވެ.

ދައުލަތުގެ ބަޖެޓު މަޖިލިހަށް ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ 2020 ވަނަ އަހަރުގެ ބަޖެޓަކީ ރައްޔިތުންނަށް ބުރަ ބޮޑު ނުވާނެ އުސޫލުތަކެއްގެ މަތިން ރައްޔިތުންނަށް ގަދަރުވެރި ދިރިއުޅުމެއް ހޯދައިދޭ އަދި ޖަޒީރާ ދިރިއުޅުމަށް މަގުކޮށައި ދޭނެ ބަޖެޓެއް ކަމަށެވެ.

މިއީ ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމަށް ހިލޭ އެހީގެ ގޮތުގައި ފައިސާ ދިނުމަށް ކަނޑައަޅައި ބަޖެޓުގައި ހުށަހަޅާ ފުރަތަމަ ފަހަރެވެ.

އަމީރު ވިދާޅުވި ގޮތުގައި، މި އަހަރުގެ ބަޖެޓުގެ އެންމެ މުހިންމު އެއް އަމާޒަކީ ރާއްޖެ އަށް ބޭނުންވާ އަސާސީ، އުމްރާނީ ވަސީލަތްތައް ގާއިމު ކުރުމެވެ. ބަޖެޓުގައި، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ހާއްސަ އިސްކަމެއް ދީފައިވާ އިރު، ދައުލަތުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ރައްޔިތުން ހިތްހަމަޖެހޭ ފެންވަރަށް ގެންދިއުމަކީ ބަޖެޓުން އަމާޒު ހިފާނެ ކަމެއް ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

އަންނައަހަރުގެ ދައުލަތުގެ ބަޖެޓަކީ ތަނަވަސް ބަޖެޓަކަށް ވާއިރު އަތޮޅުތަކުގެ ރައްޔިތުންނަށް ބަޖެޓުންވަނީ އާއުންމީދުތަކެއް ގެނެސްދީފައެވެ. ޚާއްޞަ ގޮތެއްގައި ނ.އަތޮޅުގެ ރައްޔިތުންނަށް މިފަހަރުގެ ބަޖެޓްވެގެން ގޮސްފައިވަނީ ރަށްރަށުގެ ޢުމުރާނީ ތަރައްޤީއާއި ޢާއްމު ޚިދުމަތްތަކުގެ ތަރައްޤީގެ އެންމެބޮޑު ހިއްސާއެއް އޮތް ބަޖެޓަކަށެވެ.

[embeddoc url=”https://naares.com/wp-content/uploads/2019/11/budget2020.pdf” download=”none”]

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close