ޚަބަރު

ގާނޫނާ އެއްގޮތަށް ބާއްވާ އެއްވުންތަކަށް ރައްކާތެރިކަން ފޯރުކޮށްދޭނަން – ޕޮލިސް

ގާނޫނާ އެއްގޮތަށް ސުލްހަވެރިކަމާއެކު ބާއްވާ އެއްވުންތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި އެފަދަ އެއްވުންތައް އޮންނަ ސަރަހައްދެއްގެ މަގުތަކާ އެނޫން ވެސް ތަންތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށަ ފުލުހުން އިސްކަންދޭ ކަމަށް ފުލުހުން ބުނެފިއެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް އެއްވުންތައް ބާއްވާތީ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް އެއްވުން މަނާ ސަރަހައްދުތަކަށް އެއްވުމާއި ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމާއި ، އަޑުގަދަކުރާ ބޭނުންކޮށްގެން ހިނގާލުމާއި އުޅަނދުބުރު ބޭއްވުންފަދަ ކަންކަން އިންތިޒާމްކޮށްގެން ބާއްވަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ރާވައިގެން ބާއްވާ އެއްވުންތައް ވެސް ގާނޫނުގައި ބަޔާންކުރާ ނޯޓިސް ދިނުމެއްނެތި ބާއްވަން މަސައްކަތްކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ އެ ގާނޫނާ އެއްގޮތަށް އެއްވުންތައް ބޭއްވުމަށް އެބަޔާނުގައި ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ގާނޫނާ އެއްގޮތަށް އެއްވުންތައް ބާއްވަން އިލްތިމާސްކުރިއިރު، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލުމަށް ގޮވާލައި މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި އަންނަނީ މުޒާހަރާކުރަމުންނެވެ. އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓެއް ތައްޔާރުކުރި މައްސަލާގައި އެ ޖަމިއްޔާ ވަނީ ސަސްޕެންޑު ވެސް ކޮށްފަ އެވެ.

އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހުގައިވާ ގޮތުން ކުރިން އެންގުމަކާ ނުލައި އެއްވެވޭނީ ހަމައެކަނި ކާނިވަލް ސަރަހައްދަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close