ޚަބަރު

ވަޠަނުގެ ޙައްޤުގައި އަޑު އުފުލުމުން ޖަލަށްލެވޭ ޤާނޫނު ހެދުމަކީ އަޅުވެތިކަން – ޝައިޚް ސަމީރު

ވަތަނުގައި ހައްގުގައި އަޑު އުފުލާމީހުން ޖަލަށް ލާންޖެހޭ ގޮތަށް ބޭރު ޤައުމެއްގެ ނުފޫޒުން ޤާނޫނެއް ހެދުމަކީ އަޅުވެތިކުރުން ކަމަށް ޝެއިހް އަހްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ޝައިޚް ސަމީރު އިއްޔެ ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވީ، މާޒީގައިވެސް ބޭރުގެ ބާރުތަކުން ރާއްޖޭގެ މިނިވަންކަމަށް އަރައިގެންފައިވާ ކަމަށާއި އެކަންކަން ގިނަ ފަހަރު ހިިނގާފައިވަނީ ވެރިކަމުގެ ދަހިވެތިކަމުގައި ދިވެހިންގެ ތެރެއިން ބަޔަކު ޤައުމަށް ހިޔާނާތްތެރިވުމުން ކަމަށެވެ. އަދި އެއިން ކޮންމެ ފަހަރަކުވެސް އެފަދަ ބާރުތައް ރާއްޖެއިން ފައްސާލާފައިވަނީ ދިވެހި ރައްޔިތުން ނިކުމެގެންކަން ޝެއިހް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޝެއިހް ސަމީރު ވިދާޅުވީ ވެރިކަން ހޯދައި އެ ވެރިކަން ދަމަހައްޓަން ސިޔާސީ މީހުން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ކަމަށް ރައްޔިތުންނަށް މިހާރު ގަބޫލުކުރެވިފައިވާ ކަމަށެވެ. އަދި ޤައުމުގެ ސިޔާދަތާއި މިނިވަންކަމަށް ބުރޫއަރާފަދަ ކަމެއް އެއްވެސް ފަރާތަކުން ކުރަމުންދާކަމަށް ރައްޔިތަކަށް ގަބޫލުކުރެވޭ ހާލަތުގައި ވަތަނުގެ ހައްގުގައި އަޑުއުފުލަން ނުކުންނަ މީހާ ގޮޅިއަށް ދާންޖެހޭގޮތަށް ޤާނޫނެއް ހެދުމަކީ އަޅުވެތިކުރުން ކަމަށް ޝެއިހް ސަމީރު ވިދާޅުވިއެވެ. އަދި އެފަދަ ޤާނޫނެއް ފާސް ކުރުމަކީ އަޅުވެތިކަމުން ޤައުމު ސަލާމަތްކުރަން ތެދުވަން ހުރި ރައްޔިތު މީހާގެ ފިޔަ ބިންދާލުންކަމުގައި ނޫނީ ނުވާނެ ކަމަށްވެސް ޝެއިހް ސަމީރު ވިދާޅުވިއެވެ.

ޝެއިހް ސަމީރު މިމޭރުމުން ވިދާޅުވެފައި މިވަނީ އިންޑިއާ ސިފައިން ދިވެހިރާއްޖެއިން ބޭލުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ވެރިކަން ކުރާ އެމްޑީޕީ އިން ޑްރާފްޓުކޮށްފައިވާ “ދިވެހިރާއްޖެއިން ބޭރު ޤައުމުތަކާއެކު ގާއިމުކޮށްފައިވާ ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެފަދަ ޢަމަލުތައް ހުއްޓުވުމުގެ” ބިލާއި ގުޅިގެންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close