ޚަބަރު

މަސްތުވާތަކެއްޗާ ގުޅޭ މައްސަލައެއްގައި ކުޅުދުއްފުށިން ދެ މީހުން ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށި ސިޓީގައި މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި މަހުގެ 2 އަދި 3 ވަނަ ދުވަހު ހިންގި ވަކިވަކި އޮޕަރޭޝަންތަކެއްގައި ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަން / މުރިނގު، ޢުމުރުން 35 އަހަރުގެ އަޙްމަދު ޢަބްދުއްރައްޒާޤާއި، ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ، ޢުމުރުން 28 އަހަރުގެ ހޮސައިން ރިއާޒެވެ. އެ ދެމީހުންވެސް މިހާރު ވަނީ ކޯޓު އަމުރަކަށް ބަންދުކޮށްފައެވެ.

ފުލުހުން ދިން މައުލޫމާތުތަކަށް ބަލާއިރު، އަޙްމަދު ޢަބްދުއްރައްޒާޤު ހައްޔަރުކޮށްފައިވަނީ ޖަނަވަރީ މަހުގެ 3 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީގެ މަގުމަތުންނެވެ. މަސްތުވާތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތަރު ރަބަރުކޮޅު އޭނާގެ އަތުން ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމުން، އަޙްމަދު ޢަބްދުއްރައްޒާޤު ވަނީ 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

އަދި ބަންގްލަދޭޝް ރައްޔިތު ހޮސައިން ރިއާޒް ހައްޔަރުކޮށްފައިވަނީ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީ މަގުމަތިންނެވެ. އޭނާވެސް މަސްތުވާތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި އެއް ރަބަރުކޮޅު އޭނާގެ އަތުން ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. ކޯޓަށް ހާޒިރުކުރުމުން، ހޮސައިން ރިއާޒް ވަނީ ފަސްދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މި ދެ މައްސަލަވެސް ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މަސްތުވާތަކެތީގެ މައްސަލަތަކަކީ ރާއްޖޭގައި އިތުރުވަމުން އަންނަ މައްސަލައެއްކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close