ޚަބަރު

ޝިފާޒް އާއި އަސްލަމް ވަރުގަދަ ކުރިމަތި ލުމަކަށް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓީކް ޕާޓީ (އެމްޑީޕީ) ނައިބް ރައީސް ކަމަށް ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެފައިވާ އެ ޕާޓީގެ ކުރީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އާއި ދެބޭފުޅުން އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި މިފަހަރު ވަރުގަދަ ކުރިމަތިލުމަކަށް ދާނެކަމަށް ގިނަބަޔަކު ބުނަންފަށައިފިއެވެ.

އެމްޑީޕީގެ ނައިބްރައީސްގެ މަޤާމް ދެވަނަ ފަހަރަށް ދިފާއު ކުރެއްވުމަށް ޝިފާޒު ނިކުންނަވާނެކަމަށް ވިދާޅުވެފައިވާއިރު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އަސްލަމް ވިދާޅުވީ ހުސްވެފައިވާ އެމްޑީޕީގެ ނައިބް ރައީސް ކަމުގެ މަޤާމަށް އޭނާ ކުރިމަތިލެއްވުމަށް ނިންމާފައިވާ ކަމަށާއި އިންތިޚާބުތަކުގައި ކުރިމަތިލުމަށް އެދޭ ފޯމް ހޮނިހިރު ދުވަހު ހުށަހަޅުއްވާނެ ކަމަށެވެ.

އަދި އިންތިޚާބް ކާމިޔާބު ކުރެވޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބަ އޮތް ކަމަށް އަސްލަމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

އަސްލަމް ވިދާޅުވީ ދެ ދުވަހެއްގެ ތެރޭގައި ތާއީދު ހޯދުމަށް ކެމްޕޭން ފަށާނެ ކަމަށާއި ކެމްޕޭން ޓީމް އެކުލަވާލައި ވަގުތު އޮތް މިންވަރަކުން ދެވޭނެ ރަށްތައް ކަނޑައަޅުއްވާނެ ކަމަށެވެ.

އަސްލަމް ނައިބްރައީސްކަމަށް ވާދަކުރައްވާނެކަމުގެ ސިގުނަލެއް ނުސީދާކޮށް ރައިސް ނަޝީދުގެ ނުރަސްމީ ޓްވިޓަރ އެކުންޓް @anehdhivehiraje އިން ދީފައިވާއިރު އަސްލަމްއަކީ ރައީސް ނަޝީދުގެ އަރިސްބޭފުޅެކެވެ.

އެމްޑީޕީގެ ރައީސްކަމާއި ނައިބު ރައީސްކަމުގެ މަގާމު ހުސްވެފައިވާތީ މި ދެ މަގާމަށް ބޭފުޅުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލީ ހޯމަ ދުވަހުއެވެ. އިންތިޚާބުތަކުގައި ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކޮށް ހުރިހާ ލިޔެކިޔުންތަކާއެކު މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން ޕާޓީ އަށް ފޯމް ހުށައެޅުމަށެވެ. އަދި މެއިލް މެދުވެރިކޮށްވެސް ފޯމު ހުށައެޅޭނެ ކަމަށް އެމްޑީޕީން ބުންޏެވެ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close