ޚަބަރު

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ހުސްވެފައިވާ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ހޯމް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މީޑިއާކައުންސިލްގެ އާންމު މެންބަރުކަމުގެ މަގާމަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން، މިމަހުގެ 17 ވަނަ ދުވަހުގެ 13:30ގެ ކުރިން، މީޑިއާ ކައުންސިލަށް މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު” އަދި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، މިނިސްޓްރީ އޮފް ހޯމްއެފެއާޒްއަށް ހުށަހެޅުއްވުން އެދޭކަމުގައެވެ.

މީޑިއާ ކައުންސިލްގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ އެމްއެމްސީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ޔާމީން އިބްރާހިމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޔާމީންއަކީ ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރުސީއެމްގެ ސެކެޓްރީ ޖެނެރަލްއެވެ.

މީޑިއާ ކައުންސިލްގެ ގާނޫނާއި ގަވައިދު ބުނާގޮތުން މީޑިއާ ކައުންސިލްގެ މެމްބަރެއްގެ މަގާމު ހުސްވާތާ 28 ދުވަސް ތެރޭ މެމްބަރު ކަމަށް ބޭފުޅަކު އިންތިހާބު ކުރަންޖެހެ އެވެ. މީޑިއާ ކައުންސިލްގެ މެމްބަރެއްގެ ދައުރަކީ ދެ އަހަރެވެ.

މީޑިއާ ކައުންސިލްގައި މީޑިއާގެ އަށް މެންބަރުންނާއި އާންމުންގެ ހަތް މެންބަރުން ހިމެނެއެވެ. އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ. ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ ދެ އަހަރެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން ދެ ދައުރު އަދައެއް ނުކުރެވޭނެއެވެ.

އެއް ކޮމެންޓް

  1. ތިޔަކަށް ކުރިމަތި ލާނެކަމެއް ނެތް
    ތިޔައި ބޭކާރު ބައެއް
    އެއްވެސް މީޑިއާއަކަށް ފިޔަވަޅެއް އެޅޭނެ ބައެއް ނޫން
    ފިޔަވަޅު އަޅަނީ ޖެންޑަރ މިނިސްޓްރީ އިން
    ދެން ވަރަށް ސަލާމް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close