ޚަބަރު

ސްޕްރީމްކޯޓްގެ ނިންމުމަށް ގޮންޖެހުމަކީ ޖޭއެސްސީއިންނިންމި ގާނޫނު އަސާސީއާ ޚިލާފުކަމެއް: މެންބަރު އުޝާމް

ސުޕްރީމް ކޯޓްގެ އަމުރަށް ގޮންޖަހާ، ޖޭއެސްސީގެ ނިންމުން ދެމި އޮންނާނެކަމަށް ބުނެ އެކޮމިޝަނުން ނިންމާފައިވާ ނިންމުމަކީ ގާނޫނު އަސާސީއާ ހިލާފުކަމެއް ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ ފަނޑިޔާރު އަބުދުﷲ ދީދީ ސަސްޕެންޑް ކުރި މައްސަލައިގައި، ވާހަކަފުޅު ދައްކަވަމުންނެވެ.

ބަންޑާރަނައިބުގެ ނައިބުކަންވެސް ކުރައްވާފައިވާ މެންބަރު އުޝާމް ވިދާޅުވީ 2018ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 1ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު ވަރުގަދަ އަމުރު ގަބޫލުނުކުރުމަށް އޭރުގެ ސަރުކާރުން ނިންމި ނިންމުން ގާނޫނު އަސާސީއާއި ޚިލާފުކަމަށް ބުނާނަމަ، ސުޕްރީމް ކޯޓްގެ އަމުރަށް ގޮންޖަހާ، ޖޭއެސްސީގެ ނިންމުން ދެމި އޮންނާނެކަމަށް ބުނެ އެކޮމިޝަނުން ނިންމާފައިވާ ނިންމުންވެސް ގާނޫނު އަސާސީއާއި ޚިލާފުކަމަށެވެ.

-އުޝާމް އިޝާރާތް އެ ކުރައްވަނީ އޭރު ޖަލުގައި ތިއްބެވި ސިޔާސީ އެތައް ލީޑަރުންނެއް މިނިވަންކުރުމަށް އަމުރުކޮށް 2018، ފެބްރުއަރީ 1ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު ވަރުގަދަ އަމުރު ތަންފީޒުކުރުމަށް އޭރުގެ ސަރުކާރުން ދެކޮޅު ހަދާ، އެ އަމުރު ގަބޫލުނުކުރުމަށް ސަރުކާރުން ނިންމުން، މިހާރު ސަރުކާރުގައި ތިބި އޭރުގެ އިދިކޮޅު ފަރާތުން ސަރުކާރުގެ ނިންމުން ގާނޫނާއި ޚިލާފުކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކަށެވެ. މި ސަރުކާރުގައި ހިމެނޭ ފަރާތުން އޭރު ވަނީ ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒުކުރަންޖެހޭނެކަމަށާ އެ ކޯޓުގެ އަމުރުތަކަށް ތަބާވާންޖެހޭނެކަމަށް ބުނެ އަޑުއުފުލާފައެވެ.-

އުޝާމް ވަނީ ޝަރުއީ ނިޒާމް އިސްލާހުކުރުމަށްކަމަށް ބުނެ މިހާރު ހިންގަމުންދާ ކަންކަމާއި ގުޅޭގޮތުންވެސް ވާހަކަދައްކަވާފައެވެ. އެގޮތުން މިހާރު ކަންކަން ވަމުންދާގޮތާއިމެދު ކަންބޮޑުވުން ފާޅުކުރައްވާ އުޝާމް ވިދާޅުވީ ހިތުހުރިހާ ގޮތަކަށް އެއްވެސް ބަޔަކަށް ކަންކަން ނުކުރެވޭނެކަމަށެވެ.

ފަނޑިޔާރު އަބުދުﷲ ދީދީ ސަސްޕެންޑް ކުރި މައްސަލައިގައި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ނެރެފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނާއި ޚިލާފު އަމުރެއް ކަމަށާއި، ޖުޑީސަލް ސާވިސް ކޮމިޝަނުން ފަނޑިޔާރު ސަސްޕެންޑް ކުރުމަށް ނިންމި ނިންމުން ދެމި އޮންނާނެ ކަމަށް ބުނެ، އެކޮމިޝަނުން ނިންމާފައިވާ ނިންމުމަށް މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ މަރުހަބާވެސް ވިދާޅުވަމުންނެވެ. އަދި އެއީ ވަރަށް ހިތްވަރުގަދަ މުހިންމު ނިންމެވުމެއްގެ ގޮތުގައިވެސް މަޖިލީހުގެ ބައެއް މެންބަރުން ވަނީ ސިފަކޮށްފައެވެ.

އެއް ކޮމެންޓް

  1. E ee mp ushaam hedhi gaanooneh nooney e gaanoonu hedhimeehun ebunani sprmct e othi lha ihalun alhuvvafaeve then konme gotheh vias gabulhinuve cprmct e kurolhi vee sprmct un nerunu amuru jeheyni jdcge kurimatheegaa dhekakoo jahaa hama baathilu kuran

  2. Konme kamehgaives nimun lavvafaivey 5 gaazeen nuruhunas mihaaru miothee e vaguthu jehifai
    Mifaharu bagaavaiy kurumuge fusathu libigen nudhaane

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close