އާއްކޮގެ މޮޅުހުނަރުން ސަލްގާޑޯގެ އެކަޑަމީއަށް
ނ.ލަންދޫއަށް އުފަން މުހައްމަދު އައިހަމް އިބުރާޙިމް (އާއްކޮ) ގެ ކިބައިގައި ހުރި ފުޓްބޯޅައިގެ ހުނަރު އަޅުގަނޑުމެންގެ ތެރެއިން ފުޓްބޯޅައަށް ލޯބިކުރާ އެތަށް ބަޔަކަށް އެނގި އެވާހަކަ ދައްކާތާ ވަރަށް ދުވަސް ވެއްޖެއެވެ. ހާއްޞަކޮށް އެންމެފަހުން ބޭއްވުނު އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ޣާޒީސްކޫލްގެ ޖާޒީ ނަމްބަރ 13 ގައި ޢާއްކޮ ދެއްކި މޮޅުކުޅުމަށް އެތަށް ބަޔަކުވަނީ ތަޢުރީފް ކޮށްފައެވެ. މީގެ ތެރޭގައި ރާއްޖޭގެ ނަން މަޝްޙޫރު ފުޓްބޯޅަ ކޯޗުންގެ އިތުރުން ރާއްޖޭގެ ފުޓްބޯޅައިގެ މައި ޢިދާރާގެ ރައީސް ، ( ފުޓްބޯލް އެސޯޝިއޭޝަން އޮފް މޯލްޑިވްސް ރައީސް ) އަލްފާޟިލް ބައްސާމު އަދީލް ޖަލީލް ހިމެނިލައްވައެވެ.
މިއަހަރު ދުނިޔޭގެ ޓްއަރިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުންއިއްޔެ މާލޭގައި ބޭއްވި ކިޑްސް ފުޓްބޯލް ފިއެސްޓާރގެ ޗެމްޕިއަންކަން ހޯދި ޣާޒީ ސްކޫލް ޓީމުގައި ހިމެނި އާއްކޮ މިވަނީ ސްޕެނިޝް ލީގްގެ ސެލްޓަ ޑެ ވީގޯގެ އެކެޑެމީގައި ޓްރެނިން ހެދމުގެ ފުރުސަތު ވެސް ހޯދާފައެވެ. މި ފުރުޞަތު ލިބުނު ދެވަނަ ކުއްޖެއްގެ ގޮތުގައި ހޮވިފައިވަނީ އާއްކޮ އާއި އެކު އެއްޓީމަކަށް ކުޅެމުން އަންނަ ހުސައިން އާއިޝް އެވެ. މިވެސް އާއްކޮއަށް ލިބިގެން ދިޔަ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އާއްކޮ އާއި އާއްކޮގެ ޢާއިލާއިން ޤާބޫލުކުރެއެވެ.

އިއްޔެ ނިމިގެންދިޔަ ފުޓްބޯލް ފިއެސްޓާއިން ޑްރީމްޓީމެއް އެކުލަވާލައިފައި ވާއިރު މި ޓީމާއި އަދި ސެލްވިގޯއަށް ގެންދިއުމަށް ނެގުނު ދެކުޅުންތެރިން ސެލެކް ކޮށްފައިވަނީ މި ފިއެސްޓާގެ ޙާއްޞަ މެޙްމާނެއްގެ ގޮތުގައި ބައިވެރިވެ ލެއްވި ރިއަލް މެޑްރިޑްގެ ކުރީގެ ކުޅުންތެރިޔާ އަދި ފުޓްބޯލް ލެޖެންޓް ސްޕެއިންގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯ އާއި ސެލްޓަ ވީގީގެ އެކެޑެމީގެ އޮފިޝަލުންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ އަހަރު ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ދުބާއީގައި ބާއްވާ 14 އަހަރުން ދަށުގެ އިންޓަ ކޮންޓިނެންޓަލް މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމުގެ ގޮތުގައި ވާދަ ކުރާނީ އިއްޔެ ބެއްވުނު ފުޓްބޯލް ފިއެސްޓާއިން ހޮވާލެވުނު ޑްރީމް ޓީމެވެ. މުބާރާތުގައި ޔޫރަޕްގެ އެންމެ ވަރުގަދަ ތިން ކުލަބު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި ޔުވެންޓަސްގެ 14 އަހަރުން ދަށުގެ ޓީމު ވާދަ ކުރާނެ އެވެ.

އާއްކޮގެ އާއިލާއިން މަޢުލޫމާތު ދެއްވި ގޮތުގައި އާއްކޮއަށް މި ލިބުނު ރަނުގެ ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާނެއެވެ. އޭނާގެ އާއިލާއިން ފާހަގަ ކުރެއްވި ގޮތުގައި މި ލިބުނު ފުރުޞަތުގެ ސަބަބުން އާއްކޮގެ ފުޓްބޯޅައިގެ ހުނަރު އެތަށް ތަނަކުން ކުރިއަރާދާނެއެވެ.




މަރުޙަބާ އާއްކޮ… ތިޔައީ ނަޞީބު ގަދަ ކުއްޖެއް.. ހިތްވަރާއެކު މަސައްކަތް ކުރާ ކުދިންނަށް ކާމިޔާބުވާނެ.