ބޭރުދުނިޔެ

މޫސުމީ ނުރައްކާ: އިންޑިޔާގެ ދެކުނުގެ އެކި ސަރަޙަދުތަކުން 225 މަރު

ކެރެލާ (އޮގަސްޓް 14): ދެކުނު އޭޝިޔާއަށް މިހާރު ކުރަމުން މިދާ ވިއްސާރައިގައި އިންޑިޔާގެ 4 ސަރަޙައްދަކުން ފެންބޮޑުވުމާއި، ވިއްސާރައިގެ އެކިއެކި ޙާދިސާތަކާއި، ގުޅިގެން 225 މީހުން މަރުވެއްޖެ ކަމަށް އިންޑިޔާގެ ރަސްމީ ފަރާތްތަކުން ބުނެފިއެވެ.

ރިޕޯޓްތައްބުނާގޮތުން މިހާތަނަށް ކެރެލާއިން 88 ، ކަރުނާކަޓާއިން 54 މާހާރާޝްތްރާއިން 49 އަދި ގުޖުރާތުން 31 މީހުންވަނީ މަރުވެފައެވެ.  

ރިޕޯޓްތައްބުނާގޮތުން އެ ހަތަރު އަވަށުގައި ވަނީ ނުރައްކާ މިންވަރަށް ފެންބޮޑުވެ އާންމުންގެ ދިރިއުޅުމަށް ނުރައްކާވެ އެތައް ސަތޭކަ ވިލެޖްތަކެއްގެ ރައްޔިތުން ގެދޮރު ގެއްލުމުގެ ސަބަބުން ޙާލުގައި ޖެހުމުން ރައްކާތެރި ތަންތަނަށް ގެންދެވިފަ އެވެ.

ފެންބޮޑުވުމުގެ އިތުރުން އުސްތަންތަނުން ކިސަޑު ފޭބުމާ އެކު ބިންގަޑު ކަޑައިގެން ދިޔުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.

އިންޑިޔާގެ މޫސުމާ ބެހޭ އިދާރާ ބުނާ ގޮތުން މިއީ މި އަހަރުގެ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. ހުޅަނގު މޫސުމުގެ ވިއްސާރަ އިންޑިޔާގެ އުތުރުގެ ސްޓޭޓްތަކަށް ވެސް މިދިޔަ މަހުވަނީ ވަރަށްބޮޑަށްކޮށްފަ އެވެ. ކެރެލާސްޓޭޓް އަށް ކުރަމުންދާ ގަދަ ވިއްސާރައިގައި އެސްޓޭޓްގެ އެތައް ހާސް ހެކްޓަރެއް ފެނުއަޑީގައިވާ އިރު މީގެ ތެރޭގައި ދަނޑު ބިންތައް ވެސް ހިމެނެ އެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން އެ ސްޓޭޓްގެ ރަށްފުށުގެ ސަރަހައްދުތަކުގެ ބޮޑުބައެއްގައި ކަރަންޓްގެ ޚިދުމަތް މެދުނކެނޑި އެއްގަމު ދަތުރުފަތުރުތައް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

އިންޑިޔާގެ މައި ސަރުކާރުން ވަނީ މަރުވި މީހުންގެ އާއިލާތަކަށާއި ގެދޮރު ހަލާކުވި މީހުންގެ ޢާއިލާތަކަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. (އިންޑިއާޓްޑޭ)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close