ވާހަކަ

ވާވުން- ވާރޭ

(ކުޑަކުދިންގެ ވާހަކަ 24)

ވަށިގަނޑު ހުރީ މޭވާތަކުން ފުރިފައެވެ. އެއީ ކުޑަކުޑަ ވީމްއަށް އެންމެ މީރު މޭވާތަކެވެ. މޭވާތައް ފެނުމުން އޭނާގެ މޫނު އުފަލުން ވިދާ ބަބުޅާލިއެވެ. މޭޒުމަތީގައި އޮތް ކުޑަ ވަޅި ނެގުމަށްފަހު ވީމް އާފަލެއް މެށިއެވެ. އަދި އާފަލު ކާލިއެވެ. އާފަލުގައި ލަނީ ވިހަ ރަހައެވެ. ވީމްއަށް ހޮޑުލެވިއްޖެއެވެ. ހިތި ރަހައެއް ލީމައެވެ.

    ވީމް އަވަސް ގޮތަކަށް ވަޅު ދޮށަށް ދިޔައެވެ. އޭނާ ރަނގަޅަށް އަނގަ ދޮވުނެވެ. އަދިވެސް ވީމްގެ އަނގައިން ދުވަނީ ވިހަ ބޭސް ވަހެކެވެ. ވީމް ހުރީ ނިކަން ބިރުންނެވެ.

ހެނދު ވެހެންފެށި ވާރޭ ކުއްލިއަކަށް ބޯކޮށް ލީ އެވަގުތުއެވެ. ވާރޭ ވެހޭތީ މަންމަވެސް ސްކޫލުގައި މަޑުކުރަން ޖެހުނީއެވެ. ވާރޭހުއްޓާލީ ހަވީރުވީ ފަހުންނެވެ.

   މަންމަ އައުމުން އެވާހަކަ ބުނާނީ އޭ ހިތާ ވީމް ނެޓްބޯޅަ ކުޅެން ދިޔައެވެ.  މިއަދު މިއީ ވީމްގެ ސްކޫލު ކުދިންނާއި ވާދޫ ސްކޫލު ކުދިންނާއި އެކު ނެޓްބޯޅަ މެޗެއް ކުޅެން އޮތް ދުވަހެވެ. ވަރަށް ވާދަވެރި ކުޅުމެއް ކުޅެމުން ދަނިކޮށް އިރުކޮޅަކުން ވީމް ވެއްޓިއްޖެއެވެ. އޭނާއަށް ފެންނަނީ ވިލާތަކެވެ. އިރުކޮޅަކުން އޭނާގެ ލޯމެރިއްޖެއެވެ. ވީމް ސިއްޙީ މަރުކަޒަށް ގެންދެވުނެވެ.

އޭގެ އެއް ގަޑިއިރުފަހުން ވީމްއަށް ހޭލެވުނެވެ. އޭރު ވީމްގެ މަންމަ އޭނާ ކައިރީގައި އިނެވެ. ނަރުސް ބުނީ ވީމްއަށް ވިހައެއް ކެވުނު ކަމަށެވެ. ވީމްއަށް ހޮޑުލެވުނުތޯ މަންމަ ކުރެން ޑޮކްޓަރު ސުވާލުކުރިއެވެ. މަންމަ ޖަވާބު ދިނުމުގެ ކުރިން ވީމް ކަންތައް ވީގޮތް ކިޔައިދިނެވެ.

    މަންމައަށް ކަންވީގޮތް ވިސްނުނެވެ. ” ވީމް އާފަލު ކޮށި ވަޅި ހިފައިގެން ކޮއްކޮ ކުޅެން އިނީ ވިނަ ގަސްތައް ކައިރީ… މަންމަ ހުންނާނީ އޭރު ބަރަބޯ ވެލަށް ބޭސް ޖަހާފަ. ވެޔޮ ކައިރީ ހުންނާނެ ބޭސްފުޅިން ބޭސް އެޅިފަ.”

މަންމަ އަނެއްކާވެސް އިތުރަށް ކަންވީގޮތް ކިޔައިދިނެވެ. “ބޭސްފުޅިން ބާކީވި ބައި ވިނަ ގަސްތަކަށް އެޅިން. ވިއްސާރަކޮށް އުޅޭތީ ވާރޭ ވެހިގެން ބޭސްތައް ފިލާނެކަމަށް މަންމަ އެކަމާ އަޅާނުލީ. މަންމައަށްވެސް ނޭނގި ކޮއްކޮ އެވަޅި ނުދޮވެ މޭޒުމަތީ ބޭއްވުނީމަ މިހެން މިވީ. ދެންވެސް ވަޅި ބޭނުން ކުރާއިރު ރަނގަޅަށް ދޮވެގެން ބޭނުން ކުރަން އާދަކުރާތި.” މަންމަ ނަޞޭޙަތްތެރިވިއެވެ.  (ނިމުނީ)

 ވާހަކަ ކިޔުމަށްފަހު ސުވާލުތަކަށް ޖަވާބުދޭށެވެ!

  1.  ވާހަކައި އުޅޭ މީހުންގެ ނަންތައް ލިޔޭ؟
  2.  ވީމް އުފާވީ ކީއްވެ؟
  3.  ވީމް އާފަލު ކެއުމުން ހޮޑުލެވުނީ ކީއްވެ؟
  4.  ވާހަކަގައި ހުރި ވާވު އަކުރުން ފެށޭ އެއްޗިހީގެ ނަންތައް ލިޔޭ!
  5.   މި ވާހަކައިން ލިބޭ ޢިބްރަތަކީ ކޮބާ؟

ޖަވާބުތައް:

  1. ވީމް. މަންމަ، ކޮއްކޮ އަދި ނަރުސް
  2. އޭނާ އެންމެ ކާހިތްވާ މޭވާތައް ފެނުމުން
  3. އާފަލު ކޮށި ވަޅިގައި ވިހަ ހުރުމުންނެވެ
  4. ވީމް. ވަށިގަނޑު، ވިނަ، ވާރޭ، ވިހަ، ވިލާ، ވަޅި
  5. ވަޅި ފަދަ ތަކެތި ބޭނުންކުރުމުގެ ކުރިން ރަނގަޅަށް ދޮންނަން ވާނެކަން

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close