ކުރުވާހަކަ: ހަޔާތް
ފަތިހުގެ ފިނިއަރާމު ވައި ބާނިތަކުން ހަނާ އަޅަމުން ދިޔައިރު މުޅި ރަށު ތެރެއިން ފެންނަމުން ދިޔައީ އަމާންކަމާއި ހިމޭންކަމެވެ. ކޮވެލިތައް އެސޮރުމެންގެ ލަހުޖާގައި މަޑުމަޑު ހިތްގައިމު މިއުޒިކެއް ފަދައިން ލަވަކިޔަމުން ދިޔައިރު އެމަންޒަރު ބަލަން އަހަރެން އިނީ ރަށުގެ އުތުރުފަރާތު އަތިރި މަތީގައެވެ. މި ހަމަހިމޭންކަމުގެ ތެރެއިން އަހަރެންނަށް ކުއްލިއަކަށް އިވުނީ އަތިރިމަތިން އަންހެން ކުދިންތަކެއް ހުނުމުގެ އަޑެވެ. އަހަރެން އަނެއް ފަރާތަށް ބަލާލިއިރު އަންހެން ކުދިންތަކެއް އެކަކު އަނެއްކަކުގެ ފޮޓޯ ނެގުމުގައި މަސްއޫލުވެގެން އުޅެއެވެ. ފަސް އަންހެން ކުދިންނެވެ. އޭގެތެރެއިން ތިން އަންހެންކުދިން ބުރުގާ އަޅާފައި ހުރިނަމަވެސް ލައިފައި ހުރި ކުރު ޓީޝާޓްކޮޅުން އަތް މައްޗަށް ނަގާލިޔަސް ބަނޑު ފެންނާނެއެވެ. ދެން ތިބި ދެއަންހެންކުދިން ތިބީ ބުރުގާވެސް ނާޅައެވެ. އައުރަވެސް ނިވާނުކޮށެވެ. މިއީ ރީތިކަން ދެއްކުމަށް އައުރަ ނިވާނުކުރާ މީހުންނެވެ. އަހަރެންގެ ހަޔާތަށްވެސް ތޫފާނެއް ގެނައިން ހަމަ މިކަހަލަ އަންހެން ކުއްޖެކެވެ.
އެއީ މީގެ ދެއަހަރު ކުރިއެވެ. ޒީނާއަކީ މިދުނިޔޭގައި ހުރި އެންމެ ރީތި މީހާއޭ ވެސް ބުނެވިދާނެއެވެ. އަހަރެން ޒީނާއާއި ކައިވެނިކުރީ ވަރަށް ވެސް ލޯބިންނެވެ. ތިން އަހަރު ރައްޓެހިވެގެން އުޅެފައެވެ. ޒީނާގެ ފަރާތުން އަހަރެންނަށް ވެސް ލިބުނީ އަހަރެންގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެ ފަދަ ލޯތްބެކެވެ. ޒީނާގެ ފަރާތުން އަހަރެންނަށް ފެންނަމުންދިޔައީ އަހަރެން އެންމެ ހިތް އެދޭ ކަހަލަ ރިވެތި ސިފަތަކެވެ. އަހަރެން އެންމެ އުފާވަނީ ޒީނާ އަހަރެންގެ ބަސްއަހާތީއެވެ. އެއީ ކިޔަމަންތެރިކަމުގެ ނަމޫނާއެއް ކަމަށް ހީކުރެވުނެވެ.
އަހަރެންގެ ލޯބިވާ ރާނީއަށް އެއްވެސް ކަމެއްގެ ދަތިކަމާ ކުރިމަތިލާން ނޭދޭތީވެ އަހަރެން ރިސޯޓަކަށް ވަޒީފާއަށް ދިޔައީމެވެ. އަހަރެންނަށް ރަށަށް އަންނަ ފުރުސަތު ލިބެނީ ދެމަހުން އެއްމަހުއެވެ. ޒީނާ ކައިރިއަށް ކޮންމެ ދުވަހަކު ނާދެވުނަސް ކޮންމެ ދުވަހަކުވެސް ޒީނާއަށް ގުޅަމެވެ. އަދި ޒީނާގެ ހާލު އަހަމެވެ. އަދި މާބޮޑަށް ބިޒީވެއްޖެނަމަ މެސެޖަކުންނަމަ ވެސް އެވާހަކަ ޒީނާ ކައިރި ބުނަމެވެ.
އަހަރެން ޗުއްޓީ ނެގީ ޒީނާއާއި އަހަރެން ކައިވެންޏަށް އެއް އަހަރު ވާން އޮތް ރެއެވެ. އަހަރެން ޒީނާ ކައިރި ނުބުނެ ރަށަށް ދިޔައީ ޒީނާއަށް ސަޕްރައިޒްއެއް ދޭށެވެ. އަހަރެންނަށް ރަށަށް ދެވުނު އިރު 11:30 ވެ ބޮޑު ވެއްޖެއެވެ. އަހަރެން މަޑު ހިނގުމެއްގައި ހިނގަމުން ގޮސް ގޭގެ ދޮރުމައްޗަށް އެރިތަނާ އިވުނީ ޒީނާގެ ހުނުމުގެ އަޑެވެ. ބާރުބާރަށް ގޮސް ގެއަށްވަދެ ކޮޓަރީގެ ދޮރު ހުޅުވާލީމެވެ. ދޮރު ހުޅުވާލިއިރު ޒީނާ އޮތީ ބެޑުމަތީގައި ފޯނުގައެވެ. ޒީނާއަށް އަހަރެން ފެނުމުން ދިޔައީ ސިއްސައިގެންނެވެ. ނަމަވެސް ޒީނާ އަހަރެންނާއި އެހާ ވަރަކަށް އަޅައެއް ނުލިއެވެ.
އަހަރެންނަށް ދަތުރުގެ ވަރުބަލިކަން އިހްސާސް ވާލެއް ބޮޑުކަމުން ފެންވަރާލުމުގެ ނިޔަތުގައި ފާހާނަ ދޮރު ހުޅުވާލިމެވެ. ހީވީ އަހަރެންގެ ފައިދަށުން ބިންގަނޑު ދަމައިގަން ހެންނެވެ. އަހަރެންނަށް ފެނުނީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ފާހާނާގައި ކުރު ސޯޓުކޮޅެއް ލައިގެން ހުއްޓައެވެ. އަހަރެން ކައިރިއަށް އައިރުޅިން ބާރުބާރަށް ފާހާނާގެ ދޮރު ލައްޕާ ބާރުބާރަށް ހިނގައިގަތީ ބޭރަށެވެ. އަހަރެން މިރަށަށް މިއައީ ޒީނާއަށް ސަޕްރައިޒެއް ދޭށެވެ. ނަމަވެސް އަހަރެން ޒީނާއަށް ސަޕްރައިޒް ދިނުމުގެ ކުރިން ޒީނާ އެދިނީ އަހަރެންނަށް އެއަށްވުރެން ބޮޑު ސަޕްރައިޒެކެވެ.
އަހަރެންގެ ހަޔާތް ބަރުބާދުވީ ހަމަ އަންހެން ކުއްޖަކާ ހެދިކަމުން މިޔަދާ ހަމައަށް އަންނަށްދެން އަންހެނުން އެއީ އަހަރެން އެންމެ ފޫހިވާ މީހުންނަށް ވިއެވެ.

ވަރަށް ސަޅި ވާހަކައެއް މިފަދަ ވާހަކަތައް ނާރެސްއިން ގިނަގިނައިން ފެންނާނެކަމަށް އުންމީދުކުރަން
Wow varharithe me vaahaka MasaAllah ??