ދީން

އަންހެނުން ގޭގައި ނަމާދު ކުރާ އިރު ޤަމަތް ދޭންޖެހޭނެތޯ؟ ޤަމަތް ނުދީ ކުރާ ނަމާދު ޞައްޙަވާނެތޯ؟

ސުވާލު

އަންހެނުން ގޭގައި ނަމާދު ކުރާ އިރު ޤަމަތް ދޭންޖެހޭނެތޯ؟ ޤަމަތް ނުދީ ކުރާ ނަމާދު ޞައްޙަވާނެތޯ؟

الحمد لله والصلاة والسلام على رسوله ، أما بعد :

ގޭގައި، އަންހެނުން އެކަނި ނުވަތަ އަންހެނުންގެ ޖަމާޢަތެއްގައި  ނަމާދު ކުރާއިރު ބަންގި ގޮވާ ޤަމަތް ދިނުމުގެ ޙުކުމާއި މެދު ޢިލްމުވެރިންވަނީ ޚިޔާލު ތަފާތުވެފައެވެ. ދަލީލުތަކުގެ މައްޗަށް ބަލާއިރު އެންމެ ބުރަވެވޭ ގޮތަކީ ބަންގި އާއި ޤަމަތަކީ އަންހެނުން އެކަނި ނުވަތަ އަންހެނުންގެ ޖަމާޢަތެއްގައި ނަމާދު ކުރާއިރު އެމީހުންނަށް ކުރުން ހުއްދަ (މުބާޙު) ކަމެކެވެ. ކުރުމާއި ނުކުރުމުގެ އިޚްތިޔާރު ލިބިގެންވާކަމެކެވެ. ވީމާ އަންހެނަކު ޤަމަތް ނުދީ ނަމާދު ކުރިއަސް އޭގެ ސަބަބުން ނަމާދަކަށް އެއްވެސް އުނިކަމެއް ނުލިބޭނެއެވެ. الله أعلم.

ގުޅުންހުރި ލިޔުންތައް

ޖަވާބުދެއްވީ: ޝައިޚް މުޖުތަބާ ޙަމީދު

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close