ދީން

ކުރައްވާ ހެޔޮޢަމަލުތައް “ދެއްކުންތެރި” ކަމުގެ ތެރެއަށް ވަދެދާނެތީވެ، އެބޭކަލުން އުޅުއްވިގޮތް (ދެވަނަބައި)

ޙައްމާދު ބްނު ޒައިދު ވިދާޅުވިއެވެ. ” އައްޔޫބު އައްސަޚްތިޔާނީ މަޖްލިސެއްގައި (ޙަދީޘް ކިޔާދެއްވުމަށް) އިންނެވިއެވެ. ދެންފަހެ އެކަލޭގެފާނު ކަރުނަ ހިލުނެވެ. އެހިނދު ރޯދާ ފޮޅުއްވަން ފައްޓަވާ ވިދާޅުވަމުން ގެންދިޔައެވެ: ‘ މިރޯގައިގެ ގަދަކަމާއެވެ!’

[އައްސިޔަރު | 20/6]

އަލްޙަސަނު ވިދާޅުވިއެވެ. “އެބޭކަލުން އެއްތަނަކަށް ޖަމަޢަވެ، ދެން އެކަކު އަނެކަކަށް (ޤުރްއާނާއި ސުންނަތުން) ހަނދުމަކޮށްދީ ހައްވާހިނދު، އެއިން ބޭކަލެއް ފެންކަޅިވެއެވެ. އެހިނދު އެބޭކަލަކު ކަރުނަ ހިފަހައްޓަވައެވެ. ދެން އަނެއްކާވެސް ފެންކަޅިވެ ކީރިތި ކުރެއްވުން ކައިރިވެއެވެ. ދެންވެސް ހިފަހައްޓަވައެވެ. ދެން ފަހެ އެބޭކަލެއްގެ މައްޗަށް (ކަރުނަ ނުހިފެހެއްޓި) ގަދަވެދާނޭކަމަށް ބިރުފުޅުހީވެއްޖެނަމަ ތެދުވެވަޑައިގެން އެބައިމީހުން ދޫކޮށްލާ ވަޑައިގަނެއެވެ.”

[ޛައްމުއްރިޔާ | 84]

ޙައްސާނު ބްނު އަބީ ސިނާން، މާލިކް ބްނު ދީނާރުގެ މިސްކިތަށް ވަޑައިގަންނަވައެވެ. ދެން މާލިކު ވާހަކަދައްކަވާހިނދު، ޙައްސާނުގެ ކުރިމަތިފުޅު ފޯވުމަށް ދާންދެން ކީރިތި ކުރައްވައެވެ. އަދި އެކަލޭގެފާނު (ކީރިތިކުރައްވާ) އަޑެއް ނީވެއެވެ.”

[ޛައްމުއްރިޔާ | 98]

އިބްނުލް މުބާރަކު ވިދާޅުވިއެވެ. “އިބްރާހީމް ބްނު އަދްހަމް އަކީ ސިއްރުތަކެއްގެ ވެރިއެކެވެ. އެކަލޭގެފާނު ތަސްބީޙައެއްވެސް އަދި އެހެންވެސް ހެޔޮ ޢަމަލެއް ފާޅުކުރައްވާތަނެއް އަހުރެން ނުދެކެމެވެ!”

[އައްސިޔަރު | 7/390]

ޤާޟީ ޝުރައިޙް އެކަނި ވަޤުތު ހޭދަކުރެއްވުމަށް ވަކިން ތަނެއް (ގެއެއް) ގެންގުޅުއްވިކަމަށް ވެއެވެ. ކޮންމެ ހުކުރު ދުވަހަކު އެ ތަނުގައި އެކަނި އިންނަވާކަމަށް ވެއެވެ. އަދި އެތަނުގައި ކުރައްވާ ޢަމަލުތައް(އަޅުކަންތައް) އެހެން އެއްވެސް މީހަކަށް ނޭނގެއެވެ.

[ރިފަރެންސް: އައްޛަހަބީ، ސިޔަރު އައްލާމް އައްނުބަލާ،~ އަބޫ ނުޢައިމް، ހިލްޔަތުލް އަލްއައުލިޔާ،~ އިބިދް]

(ނުނިމޭ)

މި ލިޔުމުގެ އެހެން ބައިތައް ކިޔާލުމަށް

މިވެސް ބަލާ
Close