ލައިފްސްޓައިލް

އުފަންވީއިރުވެސް އަތްނެއް ކުއްޖަކު އޯލެވެލްގައި ހުރިހާމާއްދާއަކުން އޭ ފާސްހޯދައިފި

އިންޑިޔާގެ ކެރެލާސްޓޭޓްގެ މަލާޕޫރަމް އަވަށުގައި އުފަންވީއިރު ދެއަތް ނެތް ކުއްޖަކު ގްރޭޑް 10 ނިންމުމަށްފަހު ހެދި އޯލެވެލް އެގްޒާމްގައި ބައިވެރިވެ ހެދި ހުރިހާ މާއްދާއަކުން އޭ ޕްލަސް ހޯދައިފިއެވެ.
ދެވިކާ ނަމަކަށް ކިޔާ މިއަންހެންކުއްޖާ އޯލެވެލް އެގްޒާމްގައި ޖަވާބުތައް ލިޔުނީ އޭނައިގެ ފައިންނެވެ. ދެވިކާގެ ޕޭރަންޓުންނާ ޙަވާލާދީ މިޚަބަރު ގެނެސްދީފައިވާ ވެބްސައިޓްގައި ބުނެފައިވާގޮތުގައި އުފަންވީއިރުވެސް ދެއަތްނެތުމުގެ ސަބަބުން ދެވިކާ ކޮންމެދުވަހަކުވެސް އޭނާގެ ފިލާވަޅުތައް ނިންމުމާއި، އެހެނިހެން ލިޔެކިޔުމުގެ މަސައްކަތްތައް ނިންމަމުންއައީ އޭނައިގެ ފައި ބޭނުންކޮށްގެންނެވެ.
ދެވިކާ ކޮންމެދުވަހަކުވެސް ފައިން އެތައްބައިވަރު ލިޔުންތަކެއް ލިޔާނެ ، ގިނަވަގުތު އޭނާ ހޭދަކުރަނީ ފިލާވަޅުތައް ނިންމުމުގައި އެހެންވީމާ އޯލެވެލްގައި މިފަދަ ނަތީޖާއެއް ލިބުމަކުން ދެވިކާގެ ބެލެނިވެރިން އެކަމާ ހައިރާނެއް ނުވެއެވެ. އަދި މިނަތީޖާލިބުމުން އެމީހުންތިބީ ވަރަށް އުފާވެފައެވެ.
އެއީ އޭނާ އުފަންވީސުރެވެސް ކޮންމެދުވަހެއްގެވެސް އާދަ، ފިލާވަޅު ދަސްކުރުމާއި، ފިލާވަޅު ހެދުން ނޫންކަމެއް ނޯންނާނެ. ދެވިކާގެ ބައްޕަ ސަޖީވް ނޫހަށް މަޢުލޫމާތު ދިނެވެ.
ޕޮލިސްސްޓޭޝަންގައި ސީނިއަރ ޕޮލިސް އޮފިސަރެއްގެ މަޤާމުއަދާކުރަމުންދާ ސަޖީވް ބުނެފައިވަނީ ދެވިކާގެ ކާމިޔާބީއަކީ އޭނާގެ ވިސްނުންތޫނުކަމާއި، ވަރުގަދަ ޢަޒުމުކަމުގައެވެ.
އެއީ އެވަރެޖް ސްޓޫޑެންޓެއް. އެންމެ ކުޑައިރުއްސުރެވެސް ފައިން ފަންސުރު ހިފަހައްޓާނެ ގޮތް ދެވިކާއަށް ދަސްކޮށްދީ އަކުރުއަޅާނެގޮތް ކިޔައިދީ ލިޔެކިޔަންދަސްކޮށްދިން މަންމަ ސުޖީތާ އިތުރަށް އޮޅުންފިލުވައިދިނެވެ. ސްކޫލަށް ދާންވީއިރު ހުރީ ދެވިކާއަށް ފައި ބޭނުންކޮށްގެން ލިޔަންދަސްވެފައި. އޭގެ ފަހުން އޭނައަށް އެންމެބޮޑު އެހީތެރިކަމެއް ވެދިނީ ސްކޫލްގެ ޓީޗަރުން . ދެވިދކާގެ މަންމަ ނޫހަށް ކިޔައިދިނެވެ.
އިނގިރޭސި ބަހުންނާއި، ހިންދީ ބަހުންނާއި، އަދި މަލަޔާޅަމް ބަހުން ލިޔެކިޔަން ދަންނަ ދެވިކާ ގްރޭޑް 10 ނިންމީ ޗަންދަން ބްރަދަރސް ހަޔަރ ސެކަންޑަރީ ސްކޫލުންނެވެ.

ވިއާ
ދަނިއުސްމިނިޓް.ކޮމް

އެއް ކޮމެންޓް

  1. މިކަހަލަ އުނިކުދިން ވިސްނުން ތޫނުވާނެ. ދުނިޔޭގެ އެކި ހިސާބުތަކުގައި މިކަހަލަ ކުދިން އުޅޭ މިއީވެސް ﷲ ގެ ކުޅަދުންވަންތަކަން

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close