ނާނު

މަސްތުވާ ތަކެތީގައި ޒުވާންޖީލް ތަތްވެ ، ދެން ސަލާމަތް ނުވާހިސާބަށް ގޮއްސަ!

          ނޫހެއް ބަލައިލިއަސް އަދި އެފްބީއަށް ވަނަސް ފަލަސުރުހީ ތަކުގެ އެންމެ ކުރިން ފެންނަނީ މަސްތުވާ ތަކެތީގެ ވާހަކައެވެ. މިވަނި ގެއަކުން 37 ، އެވަނި ގެއަކުން 20، އެއޮއްރަށުން 150 ކިލޯ،  މީދަގެއިން 3 ލިކޯ، އެއަރޕޯރޓުން 3 މިލިއަން ރުފިޔާގެ ތަކެތި، މިދައްކަނީ އެސްޓީއޯ ހަކުރު ގުދަނުގެ ވާހަކައެއް ނޫނެވެ. ޕޮލިހުން އެކިފަހަރު މަތިން ނޫސްބުރީފިންގައި ހާމަކުރާ ބާރުގަދަ މަސްތުވާ ތަކެތީގެ ވާހަކައެވެ. އެހެން ކަމަށް ވުމުން މިހަފުތާގެ އާޓިކަލް މި ހާއްސަ ކޮޢްލަނީ މަސްތުވާ ތަކެއްޗާއި ބެހޭގޮތުންނެވެ.

          އިންސާނާ ފަނާކުރުވަނިވި ބާރުގަދަ ޑްރަގުސް ގެންގުޅުމާއި، ވިއްކުމާއި، ބޭނުންކުރުމަކީ އިންސާނުން ދުނިޔޭގައި ދިރިއުލޭ ހުރިހާ މުޖުތަކައެއްގައިވެސް މަނާ، އަދި ގާނޫނީ ވަރައްބޮޑު ކުށެކެވެ. ވަކި ގައުމެއް ވަކި ދީނެއް، އަދި ވަކި މަޒުހަބެއް މިކަމުގައި ތަފާތު ވުމެއްނުވެއެވެ. ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއް ކަމުގައިވިއަސް، ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން މަސްތުވާ ތަކެތި ބޭނުންކުރާ ޒުވާނުން އެންމެގިނަ ގައުމު ކަމުގައިވުމީ އެކަށީގެންވާކަމެކެވެ.  

          އަލުގަނޑަށް ލިބިފައިވާ މައުލޫމާތު ކުއްކަމުގައި ނުވާނަމަ މިވަގުތު ދިވެހިރާއްޖޭގައި ހިންގާ ހުރިހާ ނުބައިކަމެއްގެ މަސްދަރަކީ ބާރުގަދަ މަސްތުވާ ތަކެއްޗާ ބަނގުރަލެވެ. ސަރުކާރުގެ އިސް މަސްޢޫލު ވެރިޔަކު ބުނުއްވި ގޮތުންނަމަ ” މިވަގުތު މާލެތެރޭގައާއި، ރާއްޖޭގެ ކަންކޮޅު ތަކުގައި ހިނގަމުންގެންދާ މާރާމާރީއާއި، މީހުންމެރުމާއި، ވައްކަމާ، ލޫޓްވުމުގެ ހުރިހާކަމެއްހެން ބިނާވެފައި އެވަނީ މަސްތުވާ ތަކެއްޗާ ބަނގުރަލަށެވެ.” މިއީ ވަރައްބޮޑު ވާހަކައެކެވެ.

          ގައުމެއްގެ ހަޔާތުގައި އެ ގައުމެއްގެ ރައުސުލްމާލު ކަމުގައިވާ ޒުވާނުން މަސްތުވާ ތަކެތީގެ ވަބާގައިޖެހި ހަލާކުގެ މަގަށް ހުށައެޅިފައިވާކަން ސަރުކާރަށް ރަނގަޅަށް އެނގޭއިރު، މިކަން ހައްލުކުރުމަށް އެކަށީގެންވާ އެންމެ ރަނގަލު ފިޔަވަލު ސަރުކާރުން އަޅަމުން ނުދާކަމުގެ ވާހަކަ ނުވަތަ މިކަން ހުއްޓުވުމަށް ސަރުކާރު ނުކުޅެދިފައިވާ ވާހަކަ މެދުނުކެޑި ރައްޔިތުން އެގެންދަނީ ހޮޅުއަށި ތަކުގައި ދައްކަމުންނެވެ.

           ގަބޫލްފުޅު ކުރައްވަން ދައްޗަސް އަދި ލިޔަން އުދަގުލަސް އަނބިދަރިންނަށް ކާންދިނުމަށް، ދިރިއުޅުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ބާރުގަދަ ޑުރަގުސް އާއި ބަނގުރާ ވިއްކާ ފަރާތްތަށް އަޅުގަނޑުމެންގެ މުޖުތަމައުގައި އުޅޭކަމީ ދެބަސް ވެވެންނެތް ހަގީގަތެކެވެ.

          އަޅުގަނޑާއި ހުސޭނާއި ( އަސްލު ނަމެއްނޫން) ދިމާވީ ޖުމުހުރީ މައިދާނުގެ ފާރުބުރި މަތީގައި އިށީންދެ ދަތްދޮޅީގައި އަތްވިއްދާލައިގެން އިންދައެވެ. 9 އަހަރު ފަހުން ހުސޭނު ކުއްލިޔަކަށް ފެނުމުން އަޅުގަނޑަށް ލިބިގެންދިޔައީ ހައިރާންކަމެވެ. އަދި އެތައްދުވަހެއް ކޮށްފައި ހުސޭނު ފެނުމުން ވީ އުފާ އެހާބޮޑެވެ. 7 އަހަރުފަހުން އަޅުގަޑުމެން ދެރަހުމަތްތެރިން ދިމާވުމުން އެންމެ ފުރަތަމަވެސް ހުސޭނު ބޭނުންވީ އަޅުގަނޑާއި އެކު ކޮފީއެއް ބޮއިލުމަށެވެ.

          އަދުނާނުއެވެ. ހާލުކިހިނެއްހޭ ! އަޅުގަނޑު ބުނެފީމެވެ. އިންޝާﷲ ވަރައް ރަންގަޅެވެ..! މިހާރު ދިރިއުޅެނީ ކޮންރަށެއްގަހޭ! އަޅުގަނޑު ބުނެފީމެވެ. ހުޅުމާލޭގައެވެ. ހުސޭނާއެވެ. މިއަންނަ ހުކުރު ދުވަހު އަންހެނުންނާއި 3 ކުދިން ގޮވައިގެން މޫދައްއެރިލަން ހުޅުމާލެއަށް އަންނާށެވެ. ނުފެންނަތާ ދުވަސްތަކެއް ވެއްޖެ ނޫންހޭ! އަލުގަނޑު މިހެން ބުނާއިރަށް ހުސޭނަށް ރޮވިއްޖެއެވެ. އަލުގަނޑު އަހާފީމެވެ. އަންހެނުންނާ ކުދިންކޮޅު ކޮބަހޭ! ހުސޭނު ބުނެފިޔޭ! ކުދިންގެ މަންނަ ވީތަނެއް ނޭގެއެވެ. 3 ކުދިން މިހާރުތިބީ ސަރުކާރުގެ ބެލުމުގެ ދަށުގައެވެ. އަޅުގަނޑު ހަސަނުގެ ކައިރީގައި އަހާފީމެވެ. އަންހެނުންނަށް ތިޔަހެދީ ކިހިނެއްހޭ! އޭނަޔަށްވެސް ބޯންދިނީހޭ! ހުސޭން ވައިއާޑުން ހޫން އަޅުވާލާފިއެވެ. އަޅުގަނޑު ހުއްޓާނުލާ މިވާހަކަ ދައްކާތީ ހުސޭނު ކައިރިއަށް ކުޑަކޮށް ރުޅިއަންނަގޮތް ވެއްޖެއެވެ. އަޅުގަޑާއި މުހާތަބުކޮށް ބުނަން ފަށައިފިއެވެ. ހޭނެކަމެއް ނެތޭ! ކަލޭމެން އަހަރުމެން ޖަލަށްލަނީ ރަނގަޅުކުރަންހޭ! ނޫނީ އިތުރަށް ހަލާއްކޮށްލަންހޭ! މާލޭގެ މަގުމަތީގައި ގެންގުޅޭ ޑުރަގަށްވުރެން ޖަލަށްވައްދާ ޑްރަގުސް މާގިނައެވެ. އަޅެދެން ޖަލަށް ލިޔަސް އަހަރުމެން ރަނގަލުވާނެ ގޮތެއް ބުނެބަލާށެވެ. އަޅުގަނޑަށް ބުނާނެ އެއްޗެއްވެސް ނޭގުނެވެ.

          އަލުގަނޑާ ދޮންހުސޭނާ ( އަސްލު ނަމެއްނޫން) ދިމާވަނީ އިސްލާމީ މަރުކަޒު ރަސްރަނި ބަގީޗާ ވީފަޅިންނެވެ. އަހާސަހަރޯއެވެ. 7 އަހަރު ފަހުން ދޮންހުސޭނު ފެނުނުއިރު ދޮންހުސޭނު އެހުރީ ހައްޖުތާކިހަލެއް އަޅައިގެން ދިގު ތުނބުޅި އަކާއިއެކު ސޫފީންގެ ދަންނަ ބޭކަލެއް ހެންނޭ! އަލުގަނޑަށް ސަލާމް ގޮވައި ނުލެވެނީސް ސަތޭކަ ރުފިޔާ ލިބިދާނުތޯ އަހައިފިއެވެ. އަޅުގަނޑު ބުނެފީމެވެ. ފަތްބޯން ސަތޭކަ ރުފިޔާއެއް ނުދޭނަމޭ! ދޮންހުސޭނު ބުނެފިއެވެ. ނޫނެކޭ މިހާރު މިހިރީ ރަނގަލުވެފައެވެ. ޖަލުން މިނިވަންވެ” އުމުރާއިން”  މިއައީ އިހައްދުވަހުއެވެ. އުމުރާއަށް ގެންދިޔައީ ބޭބެއާ ދައްތައާއި ދެމީހުންނެވެ. ނިކަން ބޭބެއަށް ގުޅާބަލާށެވެ. އަޅުގަނޑު ހަމަ އެވަގުތު އޭނަގެ ބޭބެއަށް ގުޅައިފީމެވެ. ބޭބެވެސް މި އުމުރާގެ ވާހަކަ ޔަގީންކޮށްދީފިއެވެ. ބޭބެ ބުނިގޮތުންނަމަ ޖަލުން މިނިވަންވެ އުމުރާއިން އައި ދެވަނަ ދުވަހު ދޮންހުސޭނު އާއި ދޭތެރޭ ޝައްކުވިއެވެ. ދޮންހުސޭނާ މުހާތަބުކޮށް ބާރަށް އަލުގަނޑު ބުނެފީމެވެ. ދޮގުނަހަދާ ބުނާށެވެ. އެއިރުން ސަތޭކަ ރުފިޔާ ދީފާނަމެވެ. ދޮންހުސޭނު ބުނެފިއެވެ. މިހާރު އެހާގިނައެއްކޮށް ނުބޮމެވެ. ދެން ސަތޭކަ ރުފިޔާ ދޭށެވެ. އަޅުގަނޑުގެ ގާތަށްއައި ނުލަފާހިންޏާއެކު އަދި ވީ ވައުދާއި އެއްގޮތަށް ސަތޭކަ ރުފިޔާ ދީފީމެވެ. އަލުގަނޑު ހިތަށްއެރީ ނޫނެވާ ސަހަރޯއެވެ. މި މީހުން ހަތްހުތަށްލައިފަ ރާހުތަށް ލިޔަސް ރަނގަޅެއް ނުވާނެތާއެވެ.

        އިބުރާހިމް (އަސްލުނަމެއްނޫން) ވަޒީފާއެއް ހޯދުމަށް އާދެވުނީ އަޅުގަނޑު މަސައްކަތްކުރާ ފިހާރައަށެވެ. މީހަކު ސަލާމް ގޮވައިލުމުން ބަލަލިއިރު އިބުރާހިމް ހުރީ އަޅުގަޑުގެ ކުރިމަތީގައެވެ. އަލުގަނޑު ބުނެފީމެވެ. މިނިވަންވީ ކޮންދުވަހަކުހޭ! އިބުރާހިމް ބުނިގޮތުންނަމަ މިނިވަންވީކި ނޫނެވެ. ޤާނޫނުބުނާ ކަމެއް ކުރުމަށްޓަކައި ޑުރަގު ކޯޓަށް ދިޔުމަށް އައިސް ހުރީއެވެ. އަޅުގަނޑު ބުނެފީމެވެ. އަނގައިގަހުރި ދަތްތަށް ކޮބާހޭ! އިބުރާހިމް ކައިރިއަށް އައީ ނުލަފާ ހިންޏެކެވެ. އަލުގަނޑު ބުނެފީމެވެ! ވަޒީފާ ދީފާނަމޭ 32 ދަތަށް ވީގޮތެއް ބުނެބަލާށެވެ. އިބުރާހިމް ނޫން ގޮތަކަށް ހުރުމަށްފަހު ކޮންމެސް ވަރަކަށް ކިޔައިދެން ފަށައިފިއެވެ. އަޑުއަހާށެވެ. ޖަލުގަ ހުރިއިރުވެސް އަހަރެން ބޭނުންވީ މަސްތުހާލުގައި ހުންނާށެވެ. ސާމާނުހޯދަން އެތަނުން ނުކުމެވޭނީ ކޮންމެވެސް ގޮތަކަށް ތާއެވެ. ދަތުގަ ރިއްސިއަކަސް އާދެވޭ ގޮތެއް ނޯވެއެވެ. ދަތް ނަގަން ވެއްޖިއްޔާ މާލެއަށް އާދެވެއެވެ. އެއްބޭނުމެއްގަ އެއްގޮތަކަށް ނުކުމެ 32 ފަހަރު މަތިން 32 ދަތް އެހެރީ ނަގާފައެވެ. ދަތްނެތަސް ބޮއިލައިގެން ހުރެވެނިކޮށް ނިމުނީއެވެ. މިދެންނެވީ ޖަލަށް ދިގުމުއްދަތަކަށް ހުކުމް ކޮށްފައިހުރި ހައެއްކަ ދަރިންގެ ބަފައެއްގެ ވާހަކައެވެ.

         ތިޔަ ވިދާޅުވީ އެތައްދުވަހަކު އިސްލާހު ކުރުމުގެ ނަމުގައި ޖަލުބަންދުގައި ބައިތިއްބާ، އިސްލާހު ކުރުމަށްފަހު މުޖުތަމައަށް ދޫކޮއްލާފައި ތިއްބެވި 3 ކުއްޖެއްގެ ވާހަކަތަކެވެ. ސަރުކާރުން ގަބޫލްފުޅު ކުރައްވަން ބޭނުންފުޅު ވިއަސް އަދި ނުވިއަސް ޖަލުގައިތިބޭ ގައިދީން ސިއްރިއްޔާތުގައި ފޯނު ގެންގުޅޭކަން އަދި މަސްތުވާ ތަކެތިވެސް ޖަލުގެ ތެރެއަށް ކޮންމެވެސް މަގަކުން އެތެރެ ވާކަން އެބައެނގެއެވެ. އަލުގަނޑަށް މުއުތަބަރު ފަރާތްތަކަކުން ލިބިފައިވާ މައުލޫމާތު ކުއްކަމުގައި ނުވާނަމަ ޖަލުގައި ތިބޭ ގައިދީން މަސްތުވާ ތަކެތި ގަންނަން ބޭނުންކުރާ ފައިސާއަކީ އެވެރިން ގެންގުޅޭ ފޯނަށް އެކިގޮޔްގޮތަށް އަޅާ” ރީލޯޑެވެ.”

            ޖަލު ބަލަހައްޓަން ތިއްބެވި ބޭފުޅުން މަސްއޫލިއްޔަތަށް އިހުމާލުވެ މިހާލަތަށް ޖަލުތަކުގެ ހާލަތު ދުއްވާލީމަ އިސްލާހު ކުރުމުގެ ނަމުގައި މަސްތުވާ ތަކެތި ބޭނުންކުރާ ކުއްޖާ ޖަލަށްލިއަސް ހުކުން ނިންމާ އެކުއްޖާ މުޖުތަމައަށް ދެން ނުކުންނައިރު ހުންނާނީ ޖަލަށްވެއްދި ދުވަހަށްވުރެ ހާލަތު ދައްވެފައެވެ. ނުވަތަ ދެން ރަނގަލު ނުކުރެވޭވަރު ވެފައެވެ. މި މަގަށް ޖަލުތަކުގައި ކަންހިނގަމުންދާތީ، ޖަލުން މިނިވަންވާ ދަރިފުޅު އަލުން މުޖުތަމައަށް ނިކުތުމުގެ ކުރިން މަންމަޔާއި ބައްޕަ އެދަރިފުޅު ” އުމުރާއަށް” ގެންގޮސް މުޖުތަމައަށް ނެރުނަސް އެދަރިފުޅު ސަލާމަތް ކުރުން ވެގެންދަނީ  ފޫނެއްފަޔަކަށް ފެންފުރުން ކަހަލަ ކަމަކަށެވެ. އެ ދަރިފުޅު ބޭނުންވާ މަސްތުވާ ތަކެތި މާލޭގެ ހުރިހާ ދިމާލަކުން ވިއްކުމަށްޓަކައި ހުންނަނީ ސޭލް އެޅުވިފައެވެ. އެންމެ ފޯނުކޯލަކުން ހުރިތާކަށް ދެލިވަރީ ފޮނުވާލައެވެ. ނުވަތަ މިކަމުގެ ޒަމާނީ ހިދުމަތާއި އެކު އެއްގެއަކުން ” ޓޫއިން  ވަން” ހަދާލެވެއެވެ.

           ރާއްޖޭގެ ޖަލުތަކުގެ ހާލަތު ބެލުމަށް ރައީސުލް ޖުމުހޫރިއްޔާ އައްޔަން ކުރެއްވި ކޮމެޓީ ރިޕޯރޓް ދެއްކި ގޮތުން ރާއްޖޭގެ ޖަލުތަކުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. މިރިޕޯޓްގެ ބައެއްބައިތަށް ވައްތަރީ މިސުރުގައި ފިރުއައުނުން އުޅުނު ދުވަސް ވަރުގެ ޖަލުތަކުގެ ވާހަކަޔާއެވެ. 1500 ވަރަކަށް ގައިދީން ޖަލުތަކުގައި ތިބިއިރު ބޮލަކަށް ދުވާލަކަށް 500.00 ރުފިޔާ ސަރުކާރުން ހަރަދު ކުރެއެވެ. އަދި ހުކުމެއްނެތި 7 އަހަރު ޖަލުގައި ހޭދަކޮށްފައިވާ އެކިގައުމު ތަކުގެ މީހުން މިހާރުވެސް ޖަލުގައި ތިބިކަމަށް އެރިޕޯރޓުގައި ބުނެފައި އެބަވެއެވެ. މިފަދަ ބޮޑުހަރަދެއް ގައިދީން ބެލެހެއްޓުމަށް ސަރުކާރުން ހޭދަކުރާއިރު ޖަލުތަށް އެންމެ އެކަށީގެންވާ ރައްކާތެރި ކަމާއިއެކު ބަލަހައްޓާފައި ނުވާތީ، މި ބޮޑުމައްސަލާގައި އިހުމާލުވާ ފަރާތްތަކެއް ހުންނާނެ ކަމުގައި ލިޔަންޖެހެއެވެ. ވުމާއިއެކު ކުރިއަށްއޮތްތާގައި މިދިމާވި ކަންތަށްތަށް ތަކުރާރުވިއަ ނުދިނުމަށްޓަކައި އިހުމާލުވީ ފަރާތްތަކާއި މެދު މިޔަވަޅު އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ނޫނީ އަލުގަނޑު ނުދެކެމެވެ. މި ރިޕޯރޓް ހިއުމަން ރައިޓުސް ކޮމިޝަނުން ގަބޫލްފުޅު ނުކުރެއްވިއަސް އެވާހަކަ އަޑުއަހާކަށް އަޅުގަނޑަކަށް އެހާ އުދަގުލެއް ނޫނެވެ. އެހެން ނޫނަސް އެވެރިން މަސްއޫލިއްޔަތު އަދާނުކޮށް ނަމެއްގަ ތިއްބަސް ދިވެހިރައްޔިތުންގެ ޓެކްސް ފައިސާއިން ކަނޑައެޅިފައިވާ މުސާރަ ބަރާބަރަށް ނެންގެވިއެވެ.

         ނިންމާލަމުން ދެ ވާހަކައެއް ފާހަގަ ކޮށްލާނަމެވެ. ފުރަތަމަ ވާހަކައަކީ ! ގައުމަށް ދިމާވެފައިވާ މަސްތުވާ ތަކެތީގެ މިބޮޑު މައްސަލަ ހައްލުނުކުރެވި ދުވަހުން ދުވަހަށް ރާއްޖޭގެ ރައްތަކަށް ފެތުރި އެރައްތަކުގެ ރައްޔިތުންގެ މުދާކޮޅު ސަލާމަތް ނުވާހިސާބަށްގޮސް ރައްޔިތުންގެ މެދުން އެމީހުންނަށް ގޮއްމުށުގެ ބާރުން ހުކުންކުރާ ހަމަޔަށް ދިޔާމަ، ދިވެހިސަރުކާރުގެ ތަންފީޒީ އިދާރާތަށް ފޭލިވެފައި ވާކަން ރައްޔިތުންނަށް އެބައެނގެއެވެ.

                       ދެވަނަ ވާހަކައަކީ ޕޮލިހުން އަތުލާ މަސްތުވާ ތަކެއްޗާ ބަނގުރާ ފަދަތަކެތި ނައްތާލަމުން ގެންދާ އާންމު އުސުލު ރައްޔިތުންނަށް ހާމަކަން ބޮޑުގޮތެއްގައި ނޭގުމެވެ. އަދި އެފަދަ ތަކެތި ޕޮލިހުން ނައްތާލާ ގޮތުގެ ތަފާތު ހިސާބު ހާމަކަންބޮޑު ގޮތެއްގައި ދައުލަތުގެ ކަމާއިބެހޭ ހުރިހާ މުއައްސަސާތަކާއި ،މީޑިއާ ތަކަށް ތިލަވާންޖެހޭ ވާހަކައެވެ. މިވާހަކަ މިހެން މި ލިޔުނީ  ޕޮލިހުން އަތުލާ މަސްތުވާތަކެއްޗާއި، ބަނގުރާ ފަދަ ތަކެތި އަނބުރާ މުޖުތަމައަށް ނިކުންނަ ކަމުގެ ތުހުމަތު ޕޮލިހުންގެ ބޮލުގައި އާންމުރައްޔިތުގެ ތެރެއިން ބަޔަކު އަޅުވަމުން ގެންދާތީއެވެ. އަލުގަޑު މިވާހަކަ މިގޮތަށް ލިޔެ ރައްޔިތުންނާއި ހިސާބަށް މި ތިލަކުރީ މި ސުވާލު 50 މީހުންނާއި ކުރުމަށް ފަހު ލިބުނު ޖަވާބުގެ ނަތީޖާ އެތްގޮތް ވުމުންނެވެ. ކުރުކޮށް ބުނާނަމަ ޕޮލިހުން އަތުލާ މަސްތުވާތަކެތި ނައްތާލަނީ، އެތަކެތި އަތުލި އަދަދަށްކަން ރައްޔިތުންނަށް ކަށަވަރު ނުވުމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close