ޚަބަރު

ކަނޑު އުޅަނދުފަހަރު، ފުލުހުން ފާސްކުރަނީ

ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވޭތޯ ބެލުމަށްޓަކައި، މާލޭ ސަރަޙައްދުގައި ދުއްވާ ކަނޑުއުޅަނދުތައް ބަލާ ފާސްކުރަން ފަށައިފިއެވެ.  މިއީ މެރިން އިންވެސްޓިގޭޝަން ޔުނިޓާއި މެރިން އޮޕަރޭޝަން ޔުނިޓާއި އަދި ސްޕެޝަލް އޮޕަރޭޝަން ކޮމާންޑު ގުޅިގެން، މާލެ ސަރަޙައްދުގައި ދުއްވާ ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ފުލުހުން ބުނެފައިވާގޮތުގައި މެއި 21ން 23 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމްގައި، ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަނޑު ދަތުރުފަތުރު ކުރުމުގެ ޤާނޫނާއި ޤަވާއިދުގެ ދަށުން އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ހުރިނެތްގޮތް ބެލުމަށް ހަމަޖެހިފައިވެއެވެ. އަދި އެ އުޅަނދަކީ ކަނޑުދަތުރުފަތުރު ކުރުމަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވާ އަދި ދަތުރުފަތުރު ކުރުމަށް އެކަށީގެންވާ އުޅަނދެއްތޯ ބެލުމުގެ އިތުރުން އުޅަނދު ދުއްވާ ފަރާތްތަކުގެ ލައިސަންސަން އޮތްތޯ ބެލުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ކަންކަން ބުނެދިނުމާއި އަދި އުޅަނދުގައި ހުރި ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close