ޚަބަރު

ޔޫއޭއީގެ ރައީސް ކަމަށް އަބޫދާބީގެ ވަލީއަހުދު ޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އިންތިހާބުކޮށްފި

ޔޫއޭއީގެ ފެޑެރަލް ސުޕްރީމް ކައުންސިލުން ޔޫއޭއީގެ ރައީސް ކަމަށް އަބޫދާބީގެ ވަލީއަހުދު ޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އިންތިހާބުކޮށްފި ކަމަށް އެމިރޭޓްސް ނިއުސް އެޖެންސީ ޑަބްލިއުއޭއެމް އިން ހޮނިހިރު ދުވަހު ބުނެފި އެވެ.

ދުބާއީގެ ވެރިޔާ އަދި ޔޫއޭއީގެ ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން ރަޝީދު އަލް މަކްތޫމްގެ ތަހުނިޔާ ހިއްސާ ކުރެއްވި ކަމަށް ޑަބްލިއުއޭއެމްގެ ރިޕޯޓެއްގައިވެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ހޮނިހިރު ދުވަހު އަބޫދާބީގެ އަލްމުޝްރިފް ޕެލަސްގައި ކައުންސިލްގެ ބައްދަލުވުމެއް ބާއްވާފައި ވަނީ ދުބާއީގެ ވެރިޔާ ޝެއިޚް މުހައްމަދު ރިޔާސަތު ބަލަހައްޓަވައިގެންނެވެ.

މި ބައްދަލުވުމުގައި ހަތް އަމީރާތުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ: ޝެއިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން؛ ޝަރުޖާގެ ވެރިޔާ ޑރ.ޝައިޚް ސުލްޠާން ބިން މުޙައްމަދު އަލްޤާސިމީ އާއި ޑރ. އަޖްމާނުގެ ވެރިޔާ އައްޝައިޚް ހުމައިދު ބިން ރަޝީދު އަލް ނޫއައިމީ އާއި ޑރ. ފުޖައިރާގެ ވެރިޔާ އައްޝައިޚް ޙަމަދު ބިން މުޙައްމަދު އަލް ޝަރުޤީ އާއި ޑރ. އުއްމުލް ޤައިވައިންގެ ވެރިޔާ އައްޝައިޚް ސައުދު ބިން ރަޝީދު އަލް މުޢައްލާ އާއި ޑރ. އަދި ރަސް އަލް ޚައިމާގެ ވެރިޔާ ޝެއިޚް ސައުދު ބިން ސަޤްރު އަލް ޤާސިމީ ކަމަށް ޑަބްލިއުއޭއެމްގެ ރިޕޯޓެއްގައިވެ އެވެ.

އެއީ މަރުޙޫމް ރައީސް ޝައިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާން ހުކުރު ދުވަހު އަވަހާރަވުމުންނެވެ.

ޔޫއޭއީން 40 ދުވަހުގެ ހިތާމަވެރި މުއްދަތެއް ފާހަގަކުރަމުންދާއިރު، މުޅި ގައުމުގައި ވިޔަފާރިތައް ބަންދުކޮށް، މަރުހޫމް ރައީސްގެ ޝަރަފުގައި މުނިފޫހިފިލުވުމުގެ ހަރަކާތައްވެސް ހުއްޓާލާނެ އެވެ.

އިލެކްޓްރޯނިކް ބިލްބޯޑުތަކުން ވެސް ފެންނަނީ ހުކުރު ދުވަހުގެ ރޭ ދުބާއީގައި މަރުހޫމް ޝެއިޚްގެ ފޮޓޯ ކަމަށާއި އަދި ޤައުމީ ދިދަތައް ވެސް ބައިދަނޑިއަށް ތިރިކޮށްފައިވާ މަންޒަރުކަން އެސޯސިއޭޓެޑް ޕްރެސް އިން ބުނެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close