ޚަބަރު

މާލެއިން ފުރައިގެން ރ.އަތޮޅަށް ދަތުރުކުރި މުދާ އުފުލާ ބޯޓެއް އަޑިއަށް ހިގައްޖެ

މާލެ އާއި ރ އަތޮޅާއި ދެމެދު ދަތުރު ކުރާ މުދާ އުފުލާ ބޯޑަކަށް ދިޔަވެ އަޑިއަށް ހިނގައްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މާލެއިން ފުރައިގެން 15 މީހުންނާއެކު ރ. އަތޮޅަށް ދަތުރުކުރަމުންދިޔަ “އާލާ” ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓަކަށް ދިޔަވާތީ އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މި ބޯޓަށް ދިޔަވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ ފަތިހު 05:22 އެހާކަންހާއިރު ކަމަށެވެ. އަދި މި ހާދިސާގެ މައުލޫމާތު ލިބުމާއެކު، މި ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބ.އޭދަފުށީގައި އޮންނަ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑްގެ ސީ އެމްބިއުލާންސް ވަނީ އެ ސަރަހައްދަށް ދަތުރުކޮށްފައެވެ. މި ބޯޓު ދިޔަވާން ފެށި ބ އޭދަފުށީގެ ދެކުނުން 2.5 ނޯޓިކަލް މޭލު ބޭރުގައެވެ.

އެމްއެންޑީފެފުން ވިދާޅުވީ، އެ ބޯޓުން ދަތުރުކުރަމުންދިޔަ 15 މީހުން މިހާރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑްގެ ސީ އެމްބިއުލާންސްގެ އެހީތެރިކަމާއެކު ބ. އޭދަފުށްޓަށް ގެންގޮސްދީފައިވާ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close