ޚަބަރު ކޮމަންޑުއަށް އެމްބިއުލާންސެއް ފޮނުވައިފި

ކޮމަންޑުއަށް އެމްބިއުލާންސެއް ފޮނުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


ށ.ކޮމަންޑުއަށް ބޭނުންވާ އެމްބިއުލާންސް އެ ރަށަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ރޭ މެންދަމު ހެލްތު މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ އަތޮޅުތެރޭގައި ބޭނުންކުރުމަށް އެސްޓީއޯ މެދުވެރިކޮށް ގެނެސްފައިވާ އެމްބިއުލާންސްގެ ތެރެއިން ކޮމަންޑުއަށް ފޮނުވާ އެމްބިއުލާންސް ރޭ ފޮނުވާލެވިފައިވާ ކަމަށެވެ.

ހެލްތު މިނިސްޓްރީން ކޮމަންޑުއަށް އެމްބިއުލާންސް ފޮނުވާފައިމިވަނީ އެ ރަށުގައި ބޭނުންކުރަމުންދިޔަ އެމްބިއުލާންސް ހަލާކުވެ, ރަށު ޕިކަޕެއްގައި ބަލި މީހުން އުފުލާތީ ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.

ސަރުކާރުން ވަނީ އެމްބިއުލާންސް ނެތް ރަށްރަށަށް އަންނަ އޭޕްރީލްމަހުގެ ނިޔަލަށް އެމްބިއުލާންސް ފޮނުވާނެކަމަށް ވިދާޅުވެފައެވެ.

ކޮމަންޑުއަށް އެމްބިއުލާންސް ފޮނުވާފައިވާއިރު, ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ފެށެން މިހާރު އޮތީ 10 ދުވަހެވެ.

މިދިޔަ ދުވަސްތަކުގައި އެމްބިއުލާންސް ފޮނުވަން ނޫޅެ, މިފަދަ ދަނޑިވަޅެއްގައި ފޮނުވުމުން ބައެއް ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ޓެގް

ކޮމަންޑޫދާއިރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.