ޚަބަރު

ޑރ. ޝަހީމުގެ ރަސްމީ ވެބްސައިޓު ލޯންޗުކޮށްފި

ރާއްޖޭގެ މަޝްޙޫރު ދީނީ ޢިލްމުވެރިޔާ، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ރަސްމީ ވެބްސައިޓް މިއަދު ލޯންޗުކޮށްފިއެވެ.

އެ ވެބްސައިޓުގައި ޑރ. ޝަހީމު ލިޔުއްވާފައިވާ އެކިއެކި ދީނީ ލިޔުންތަކާއި ދީނީ ފޮތްތަކުގެ އިތުރުން އެބޭފުޅާ ހުށަހަޅުއްވައިދެއްވާފައިވާ ބައެއް ޚާއްޞަ ދީނީ ޕްރޮގުރާމުތަކުގެ ވީޑިއޯވެސް ކިޔުންތެރިންނަށް ފެންނާނެހެން އެބަ ހުއްޓެވެ.

މީގެ އިތުރުން އެބޭފުޅާގެ އަމިއްލަފުޅު ޑައިރީވެސް ހިމަނާފައިވާއިރު، ކީރިތި ޤުރްއާނުގެ ޢަންމާފޮތުގެ ރިކޯޑިންގވެސް ސައިޓުގައި ހިމަނާފައިވެއެވެ.

އަދި ވަރަށް ފަހުން ލިޔުއްވި ދީނީ ފޮތްތައްވެސް އެ ސައިޓުން މިހާރު ޑައުންލޯޑްކުރެއްވެން އެބަހުއްޓެވެ.

ޑރ. ޝަހީމް މިއަދު ކުރެއްވި ޓްވިޓެއްގައިވަނީ، ސައިޓް ފަރުމާކުރެއްވުމުގައި މަސައްކަތްކުރެއްވި ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ޑރ ޝަހީމްގެ ރަސްމީ ވެބްސައިޓަށް ޒިޔާރަތްކުރެއްވުމަށް މި ލިންކަށް ވަންނަވާ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close