ޚަބަރު

އުއްތަމަ ފަނޑިޔާރު ނޯޓިހާ ޙަވާލުނުވުމުން ޖޭއެސްސީން ނޫސްބަޔާނެއް

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލަމުންގެންދާ ސުލޫކީ މައްސަލައެއްގައި އެ ކޮމިޝަނަށް ހާޒިރުވުމަށް އުއްތަމަ ފަނޑިޔާރަށް ފޮނުވި ނޯޓިހާ އެމަނިކުފާނު ޙަވާލުވެވަޑައިނުގެންނެވުމުން ޖޭއެސްސީން ނޫސްބަޔާނެއް ނެރެފިއެވެ.

ޖޭއެސްސީން ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ އުއްތަމަ ފަނޑިޔާރާގުޅޭގޮތުން އެކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެމަނިކުފާނަށް އަރުވަންޖެހޭ ނޯޓިސްއެއް ޙަވާލުކުރުމަށް އެމަނިކުފާނު ދިރިއުޅުއްވާގެކޮޅަށް އެކޮމިޝަނުގެ މުވައްޒަފަކު ގޮސްފައިވާ ކަމަށެވެ.

އަދި ނޯޓިސްއާ ޙަވާލުކުރަންދިޔަ މީހާގެ މަޢުލޫމާތު އެމީހާގެ ކިބައިން އުއްތަމަ ފަނޑިޔާރު އެއްސެވުމުން އޭނާއަކީ އެ ކޮމިޝަނުގެ މުވައްޒަފެއްކަމަށް ބުނެ ނަމާއި އައިޑީކާޑު ދައްކާފައިވާ ކަމަށެވެ.

ނަމަވެސް އުއްތަމަ ފަނޑިޔާރު އެނޯޓިސްއާ ޙަވާލުވެވަޑައިނުގެން ގެކޮޅަށް ވަންނަވައި ގެކޮޅުގެ ދޮރު ލެއްޕެވީ ކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

ނަމަވެސް ޖޭއެސްސީގެ ނޯޓިސް ޙަވާލުކުރުމަށް ދިޔަ މުވައްޒަފު ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރަކަށް ނޯޓިސް ދެއްވުމުން ހަވާލުވެވަޑައިގެންނެވި ކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައި ފާހަގަ ކުރައްވާފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close