61 ޕަސަންޓަށްވުރެ މަތިން މާލެ ސިޓީ މޭޔަރު ކަމަށް މުއިއްޒު ހޮވިވަޑައިގެންފި
މާލެ ސިޓީ މޭޔަރު ކަމުގެ މަގާމަށް 60.47 އިންސައްތައިގެ ބޮޑުތަފާތަކުން ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ބޮޑު ތަފާތަކުން ކުރި ހޯއްދަވައިފިއެވެ.
މުއިއްޒު މޭޔަރު ކަމުގެ މަގާމަށް ހޮވިފައިވަނީ އެމްޑީޕީ ކެނޑިޑޭޓް އަނަސް އަބްދުއްސައްތާރާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓް އަލްހާން ފަހުމީއާ ވާދަކޮށެވެ.
އިންތިހާބުގައި މުއިއްޒު އަށް ލިބިފައިވަނީ 61.47 އިންސައްތައެވެ. އެއީ 9،305 ވޯޓެވެ. އަނަސްއަށް ލިބިފައިވަނީ 36.82 އިންސައްތައެވެ. އެއީ 5،573 ވޯޓެވެ. އަލްހާން ފަހުމީ އަށް ލިބިފައިވަނީ އެންމެ 259 ވޯޓެވެ.
މުއިއްޒު ކުރިން ހުންނެވީ ހައުސިންގ މިނިސްޓްރީގައެވެ. 2012 ވަނަ އަހަރުން ވަޒީރުކަމުގެ މަގާމަށް އައްޔަން ކުރެވުނު މުއިއްޒު އެންމެ ފުރަތަމަ ހުންނެވީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމެންޓްގެ މަގާމުގައެވެ. އަދި އޭގެ ފަހުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރަސްޓްރަކްޗަރ ގެ މަގާމުގައި 2018 ވަނަ އަހަރާއި ހަމައަށް ދެމި ހުންނެވިއެވެ.
