ޚަބަރު

ރާއްޖޭގައި ހުންނަ ލަންކާ އެމްބަސީ ކައިރީގައި އެސްއޯ ފުލުހުން ޑިއުޓީކުރަންފަށައިފި

ރާއްޖޭގައި ހުންނަ ލަންކާ އެމްބަސީ ކައިރީގައި އެސްއޯ ފުލުހުން ސެކިއުރިޓީ ބަލަހައްޓަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ޕީއެސްއެމް ނިއުސްއަށް މިއަދު ވިދާޅުވިކަމަށް ރިޕޯޓްކޮށްފައިވަނީ ލަންކާ އެމްބަސީ ކައިރީގައި ފުލުހުން ސެކިއުރިޓީ ބަލަހައްޓަން ފެށީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކައި އެ ގައުމުގައި އޭގެ ފަހުން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ކަމަށެވެ. ސެކިއުރީޓި ބަލަހައްޓަނީ ލަންކާ އެމްބަސީން އެދިގެން ކަމެއް ނުވަތަ ނޫން ކަމެއްވެސް ފުލުހުން ނުބުނެއެވެ.

ރާއްޖޭގައި ހުންނަ ލަންކާ އެމްބަސީ ހުންނަނީ ހަދީބީ މަގުގައެވެ. ރާއްޖޭގައި ހުންނަ ބޭރުގެ ބައެއް އެމްބަސީތަކުން އެދިގެން އެ ތަންތަނުގެ ބޭރުގައި ފުލުހުން ސެކިއުރިޓީ ބަލަހައްޓާތާ ދުވަސްތަކެއް ވަނީ ވެފައެވެ. ނަމަވެސް ލަންކާ އެމްބަސީ ކައިރީގައި ފުލުހުން މީގެކުރިން ސެކިއުރިޓީ ބަލަހައްޓާފައިވާ ކަމެއް އެނގިފައެއްނުވެއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ލަންކާގެ އެކި ސަރަހައްދުތަކުގައި ދިން ޓެރަރިސްޓު ހަމަލަތަކާ ގުޅިގެން 250 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި އެ ހަމަލާތަކަށްފަހު ދީނީ ހަމަނުޖެހުންތައް އެ ޤައުމުގައި އަންނަނީ ހިންގަމުންނެވެ. ޚާއްސަ ގޮތެއްގައި މުސްލިމުން ދިރިއުޅޭ ބައެއް ތަންތަނުގައި ވަނީ ހުޅުޖަހާ އަންދާލައިފައެވެ. އަދި ބައެއް މިސްކިތްތަކަށްވެސް ވަނީ ގެއްލުންތައް ދީފައެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close