ރުޤްޔާގެ ނަމުގައި ޖިންސީ ގޯނާ ކުރި ބަޔަކު ހައްޔަރުކޮށްފި
ރުޤްޔާގެ ނަމުގައި ޖިންސީ ގޯނާ ކުރި ބަޔަކު ހައްޔަރުކޮށްފިއެވެ.
ރުޤްޔާ ކުރުމުގެ ނަމުގައި އާއިލާއެއް ރަހީނުކޮށް ޖިސްމާނީ އަނިޔާއާއި ޖިންސީ ގޯނާ ކުރި މައްސަލާގައި ދެ ފިރިހެނުން ހައްޔަރުކޮށްފައިވަނީ މި ނޮވެންބަރު 25 އަދި 26 ވަނަ ދުވަހުއެވެ.
ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވާ ދެ މީހންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މި މައްސަލާގައި ހައްޔަރު ކުރި 39 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައިވާކަމަށެވެ. އަދި މި މައްސަލާގައި ހައްޔަރު ކުރި 24 އަހަރުގެ މީހާ އަށް 15 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.
ރުގްޔާގެ ނަމުގައި ހަތަރު މައިން ބަންދުކޮށް ތަޅައި އަނިޔާކޮށް، ހަތް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވެފައި ވަނީ މި މައްސަލާގެ ތުހުމަތުގައި މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ދެ މީހުން ކަމަށާއި، މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.



އެއީޖިންނި ގޮނާކުރީ ތިޔަރުޤިޔާކުރާގިނަމީހުންނަކީ ތިކަހަމީހުން މީހުންއަތުންބޮޑުއަގުނަގާގެން އެމީހުންދެނީ އާއިލާމީހުންގިނަފަހަރުނެވެސް ވަދަ ރަށެގާމާސެހުވެގެން މާދީންވެރިވެގެން ކުޑަކުންނަނަސޭހަތްދީދީފާ އަންހެނަކުކާރީގާކިޔެވި ދުވަސްކޮޅަކުން އަންހެމީ ހާޕުއްކިޔާފާނުކުތީބަޑު އެމްމެފަހުންރަށުތޭރޭގާ ރުޤިޔާކުރިއަންހެންމީހާބަޑުބޮޑޭކީ އެވެސްމަޗެނުވި އެވީ ޖިނީގެދަރިޔައް ދެންމިބުނަނީމަށެކީހޭ ޖިންނިޔޭކިޔާހޭ ބަދިގެހުޅުޖެހިމީހާމަށޭކިޔާހޭ