ހޮލީވުޑް

“ދަ ލަޔަން ކިންގް” ގެ ލައިވް-އެކްޝަން ރީމޭކް ފިލްމު ޖުލައި 19 ގައި

ޑިޒްނީ އިން އުފައްދާ މި ފިލްމުގެ ޑައިރެކްޓަރަކީ ” ދަ ޖަންގަލް ބުކް’ ގެ ޑައިރެކްޓަރ ޖޮން ފެވްރޯ އެވެ. މި ފިލްމުގެ ޓީޒާ ވަނީ މިދިޔަ އަހަރުގެ ނޮވެންބަރ މަހު 23 ވަނަ ދުވަހު ދައްކާފައެވެ.
މި ފިލްމްގެ ކެރެކްޓާތަކަށް އަޑުއަޅައިދީފައިވާ މަޝްހޫރު ތަރިންގެ ތެރޭގައި ބިޔޯންސޭ އާއި ޑޯނަލްޑް ގްލޯވާ އާއި ޗިވެތެލް އެހިއޮފޯރް އަދި ސެތު ރޯގަން ހިމެނެއެވެ.

ޓްރެއިލާއިން ފެނިގެންދަނީ ރަފީކީ، ކުޑަކުޑަ ސިމްބާ ޕްރައިޑް ލޭންޑްސްގެ ޖަނަވާރުންތަކަށް ދައްކާލާ މަންޒަރެވެ. އަދި ކުޑަ ސިމްބާއަށް އެހެން ޖަނާވާރުތަކާއެކު ދިރިއުޅޭނެ ގޮތް ދައްކުވައި ދޭ ބައެއް މަންޒަރު ތަކާއި ތަފާތު އެކިއެކި ޖަނަވާރުންތަކާއި އެކު ސިންބާ ބޮޑުވެގެން އުޅޭ ގޮތްވެސް ޓްރެއިލާއިން ފެނިގެންދެއެވެ

އަންނަ ޖުލައި މަހުުގައި ސިނަމާތަކަށް އަންނަ މި ފިލްމުގެ ކެރެކްޓާތަކަށް އަޑުއަޅައިދީފައިވާ މަޝްހޫރު ތަރިންގެ ތެރޭގައި ބިޔޯންސޭ އާއި ޑޯނަލްޑް ގްލޯވާ އާއި ޗިވެތެލް އެހިއޮފޯރް އަދި ސެތު ރޯގަން ހިމެނެއެވެ.

ފިލްމުގެ މައިގަނޑު ޝަހްޞިއްޔަތު ކަމަށްވާ ސިމްބާގެ އަޑު އަޅައިދީފައި ވަނީ ޑޯނަލްޑް ގްލޯވަރ ކަމަށްވާއިރު، ނާލާގެ އަޑުއަޅައިދީފައި ވަނީ ބިޔޯންސޭ އެވެ. އަދި ސިމްބާގެ ބޮޑުބޭބެ، ސްކާގެ އަޑުއަޅައިދީފައި ވަނީ ޗިވެތެލް އެހިއޮފޯރް އެވެ.

“ދަ ލަޔަން ކިންގް”ގެ ލައިވް-އެކްޝަން ރީމޭކް ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ މިއަންނަ ޖުލައި މަހުގެ 19 ވަނަ ދުވަހު އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close