ކާމިޔާބު ޓެނިސްކުޅުންތެރިޔާގެ އުއްމީދު
ލިނަ ބޭނުންވަނީ އޭނާގެ ދިރިއުޅުމާއި ގުޅޭ ފިލްމުން މީހުންނަށް އެކިއެކި ކަންކަމަށް ލޯބިޖައްސުވާ ހިތްވަރުދިނުން
ސީއެން އެން ރިޕޯޓްގައިވާ ގޮތުން ލިނަ އަކީ ޗައިނާގެ އެންމެ ހުނަރުވެރި ކުޅިވަރުގެ ތަރިއެވެ. އެކަމަކު އާމްދިރިއުޅުމުގައި ގޭތެރޭގައި އެނާއަކީ އެހެން އަންހެނުންނެކޭ އެއްފަދައިން ކުދިންބެލުގައި ހަރަކާތްތެރިވާ ބެލެނިވެރިއެކެވެ.
37 އަހަރުގެ ލިނަ އޭނާގެ ގިނަ ވަގުތުތައް މިހާރު ހޭދަކޮށްފައިވަނީ އޭނާގެ އާއިލާޔާއެކުގައެވެ. އޭޝިޔާގެ ފުރަތަމަ ގުރޭންޑް ސްލަމް ސިންގަލް ޓެނިސް ޗެމްޕިއަންކަން ކަމިޔާބުކޮށްފައި ވީނަމަވެސް، އޭނާގެ ކަކުލަށް ވަނީ ވަރަށް ބޮޑު ގެއްލުމެއް ލިބިފައެވެ. އެކަމާއި ގުޅިގެން މީގެ ފަސް އަހަރު ކުރިން އޭނާ ވަނީ ކުޅިވަރުގެ މައިދާނުން ދުރަށްގޮސްފައެވެ.

ލިނަ އަދި އޭނާގެ ދިރިއުޅުމުގެ ބައިވެރިޔާ ޖިއަނގް ޝަން އަކީ މިހާރު ދެކުދިންގެ ބެލެނިވެރިންނެވެ. އެއީ ތިން އަހަރުގެ އަންހެން ދަރި އެލިސާ އަދި ދެ އަހަރުގެ ފިރިހެން ދަރިފުޅު ސަޕާޖައޮ އެވެ.
އޭނާއަކީ ވިހި މިލިޔަން ޑޮލަރު އަހަރެއްގެ މައްޗަށް ހޯދާ ވިޔަފާރިވެރިއެކެވެ. ނަމަވެސް ވަރަށް ބުރަ ދިރިއުޅުމެއް އުޅެމުންދާ ލިނަ ވިސްނަނީ އޭނާގެ އަމިއްލަ ޓެނިސް އެކަޑެމީއެއް ހުޅުވާށެވެ. އަދި މިއެކަޑަމީއަކީ މީޑިޔާއިން ބެލުންތެރިންނަށް ފޯރުކޮށްދޭނެ ހަރަކާތެކެވެ. މީގެއިތުރުން، ލިނަ ދަނީ އަމިއްލަ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ފިލްމެއް ނެރުމުގެ މަސައްކަތް ކުރަމުންނެވެ.
ލިނަ ވަނީ އޭނާގެ ހެނދުނުގެ ވަގުތުތައް ބެއިޖިން ގެ ޤައުމީ ޓެނިސް ސެންޓަރުގައި ހޭދަކޮށްފައެވެ. އެތަނުގައި އޭނާވަނީ ޗައިނާގެ ހުނަރުވެރި ޖޫނިއަރ ކުޅުންތެރިން ތަމްރީނުކޮށްފައެވެ. އެކުޅުންތެރިންގެ މަޤްސަދަކީ ދުނިޔޭގެ އެންމެ ބޮޑު ވިނައިން ފަރުމާކޮށްފައިވާ ޓެނިސް ދަނޑު މަޝްހޫރު ދަނޑަކަށް ހެދުމެވެ.

2011 ވަނަ އަހަރު އޭނާއަށް ލިބުނު ކާމިޔާބީ ވަނީ އޭނާ ދުނިޔޭގެ އެންމެ ވިދާ ތަރިކަމުގައި ހަދައިދީފައެވެ. މިއީ ޗައިނާގެ ޓެނިހަށް ލިބުނު ވަރަށް ބޮޑު އިންގިލާބެކެވެ. މިކަމުން ވަނީ ސަތޭކަ މިލިޔަނަށް ވުރެ ގިނަ ފައިސާ ލިބިފައެވެ.
ލިނަ ވަނީ އެކިއެކި ޓެނިސް ކުޅުންތެރިނަށް އޭނާގެ ޓެނިހުގެ ދިރިއުޅުގެ ވާހަކަ ހިއްސާކޮށްފައެވެ. އެގޮތުން، ޖައުހާއޮ ނަމަކަށް ކިޔާ 13 އަހަރުގެ ޒުވާން ކުޅުންތެރިޔާ ބުނިގޮތުގައި، ލިނަ އާއި އޭނާ ބައްދަލުވި ބައްދަލުވުމަކީ އޭނާއަށް ލިބުނު ޝަރަފެއްކަމުގައެވެ.
ލިނަ އުމުރުން 8 އަހަރުގައި އޭނާގެ ކޯޗް ވަނީ ބެޑްމިންޓަން ކުޅުން ހުއްޓުވާ ޓެނިހުގެ ތެރެއަށް އޭނާ ވައްދާފައެވެ. އެހެންނަމަވެސް، ލިނަ އޭނާގެ ދެ ދަރިން ޓެނިހުގެ ތެރެއަށް ވައްދާކަށް ބޭނުމެއް ނުވެއެވެ

ލިނަ އޭނާގެ އަމިއްލަ ނަމުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ފިލްމުގެ މަޢުޞޫޢު ބިނާކޮށްފައިވަނީ، އޭނާގެ އަމިއްލަ މިނިވަންކަމުގެ މައްޗަށެވެ. މި ފިލްމު ޑައިރެކްޓް ކުރަނީ ވަރަށް ގިނަ އެވޯޑް ތަކެއް ލިބިފައިވާ ހޯންކޮންގްގެ ފިލްމް ޑައިރެކްޓަރ ޕީޓަރ ޗަން އެވެ. މިހާރު މި ފިލްމު އުފައްދަން މަސައްކަތް ކުރާތާ 4 އަހަރު ވެއްޖެއެވެ. މިފިލްމު ބެލުންތެރިނަށް ފެންނަނެ ކަމަށް ބުނެފައިވަނީ މިއަހަރު ނިމުމުގެ ކުރިން ނޫނީ އަންނަ އަހަރުގެ ކުރީކޮޅުގައެވެ.
ލިނަ ބުނާ ގޮތުގައި އެ ފިލްމުގެ ޑައިރެކްޓަރ ފިލްމުގެ ސްކްރިޕްޓާއި މެދު ހިތްހަމައެއް ނުޖެހެއެވެ. އެހެންކަމުން ފިލްމު ތައްޔާރުކުރާތާ ހަތަރުވަނައަށްވީ އަހަރު ލިނަވަނީ އަލުން ޑައިރެކްޓަރާއި އެކަމާމެދު ވާހަކަދައްކާ ސްކްރިޕްޓަށް ބަދަލުތަކެއް ގެނެސްފައެވެ.

އެ ފިލްމުން ގެނެސްދެން ބޭނުންވާ މެސެޖަކީ އަހަރެމެން އެންމެންނަކީ ހަމައާދައިގެ ބައެއްކަމާއި އަހަރެމެން އެންމެގެވެސް ތަފާތު ހުވަފެންތަކެއް ހުންނާނެ ކަމަށެވެ. އަދި ލިނަ ބުނެފައިވަނީ އެންމެންވެސް އެމީހެއްގެ ހުވަފެންތައް ހަޤީޤަތަކަށް ހަދަން ކުރެވުނުހާ މަސައްކަތެއް ކުރުމަށެވެ. ” އަހަރެންގެ އުންމީދަކީ ބެލުންތެރިން އަހަރެންގެ ފިލްމުބަލައި އެމީހުން އެމީހުންގެ ހުވަފެންތައް ކާމިޔާބު ކުރުމަށް ލިބުނު ހިތްވަރަކަށްވުމެވެ”.
