ހޮލީވުޑް

ކުޑަކުދިންގެ މަޤްބޫލް ކާރޓުން ‘ޓޯއީ ސްޓޯރީ 4’ ސްކްރީނަށް!

ދުނިޔޭގެ އެތައްބަޔަކު ބަލަމުން އަންނަ ‘ޓޯއީ ސްޓޯރީ’ ގެ 4 ވަނަ ބައި ސިނަމާތަކަށް އަންނަނީ ޖޫންމަހުގެ 21 ވަނަ ދުވަހުއެވެ.

ޑިޒްނީގެ ކާމިޔާބު ފިލްމު ‘ޓޯއީ ސްޓޯރީ ‘ގެ ހަތަރުވަނަ ބައި ބެލުންތެރިންނާއި ހިސާބަށް މިފަހަރުވެސް އަންނަނީ ކުރީގެ ފިލްމުގައި ހަރަކާތްތެރިވި މައިގަނޑު ކެރެކްޓާރ ތަކާއި އެކުގައެވެ. 

މިދިޔަ ބުރާސްފަތި ދުވަހު މި ފިލްމުގެ 30 ސިކުންތުގެ ޓީޒަރ ވަނީ ރިލީޒް ކޮށްފައެވެ. ޓީޒައިން ފެންނަނީ ވޫޑީ ރޯޑް ޓްރިޕެއްގައި އުޅޭތަނެވެ. މިދަތުރުގައި އޭނާގެ ގެއްލިފައިވާ ޒަމާންވީ އެކުވެރިޔާ ‘ބޯ ޕީޕް’ އާއި ދިމާވެއެވެ.  ހަމައެވަގުތު ‘ބަޒް ލައިޓްއިޔަރ’ ވެސް އެމީހުންނާއި އަލުން ދިމާވެއެވެ. މިފަހަރު ފެންނަނީ އޭނާ ކާނިވަލެއްގެ ތެރޭގައި ހުރި ހަދިޔާތަކެއްގެ ތެރޭގައި ތާރިވެފައި ވެގެން ސަލާމަތް ނުވެވިގެން އުޅޭތަނެވެ. މި ސިލްސިލާގެ ކުރީގެ ތިން ފިލްމަށް ވުރެ މި ފިލްމު ރީތިވާނެ ކަމަށާއި ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމަށް އުއްމީދުކުރެވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close