ހޮލީވުޑް

“އެވެންޖާސް: އެންޑް ގޭމް” އަކީ މި ސިލްސިލާގެ ފަހު ފިލްމުބާ؟

މިމަހު ނިކުންނަ މި ފިލްމު ޓައިޓަލްއަކީ “އެވެންޖާސް: އެންޑް ގޭމް” ކަމަށް އެ ސިނެމާޓޯގުރާފަރުގެ ވެބްސައިޓްގައި ބުނެފައެވެ. މިއީ މި ސިލްސިލާގެ ހަތަރުވަނަ ބައެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނި މިމަހުގެ 24 ވާ ބުދަ ދުވަހު ކަމަށް ރިޕޯޓް ބުނެއެވެ. މި ފލްމުގެ ޑައިރެކްޓަރުންނަކީ އެންތޮނީ ރުސޯ އާއި ޖޮއޯ ރުސޯ އެވެ.

ފިލްމުގައި މާވެލް ސިނަމެޓިކް ޔުނިވާސްގެ ގިނަ އަދަދެއްގެ ސުޕަހީރޯ ކެރެކްޓާސްތައް ފެނިގެންދާނެއެވެ.  އޭގެ ތެރޭގައި ފާހަގަކޮށްލެވެނީ ބްލެކް ޕެންޗާ، ސްޕައިޑާ މޭން، ކެޕްޓަން އެމެރިކާ، ތޯރް، ހަލްކް، އަޔަން މޭން އަދި ބްލެކް ވިޑޯ އާއި އިތުރު ކެރެކްޓާސްތައް ހިމެނެއެވެ.

ބެލުންތެރިންގެ މަޤްބޫލުކަން ހޯދާފައިވާ އަދި ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ މި ފިލްމުގެ ތަރިންގެ ގޮތުގައި ހިމެނެނީ ކްރިސް އީވާން، ކްރިސް ޕްރެޓް، ޗެޑްވިކް ބޯސްމަން، ސްކާލެޓް ޖޮނަސަން، ކްރިސް ހެމްސްވޯތް އަދި ޓޮމް ހޮލެންޑާއި އިތުރު ތަރިންވެސް ފެނިގެންދާނެ އެވެ.

މާވެލް ސިނެމެޓިކް ޔުނިވާސްގެ ފިލްމުތަކުގައި 2014 ވަނަ އަހަރުން ފެށިގެން ޓްރެންޓު އަންނަނީ މަސައްކަތްކުރަމުންނެވެ. ޓްރެންޓު ވަނީ މާވެލް ސްޓޫޑިއޯސްގެ އެހެން ފިލްމުތައް ކަމަށްވާ “ކެޕްޓަން އެމެރިކާ: ދި ވިންޓާ ސޯލްޖާ” އާއި “ކެޕްޓަން އެމެރިކާ: ސިވިލް ވޯ” ގައިވެސް މަސައްކަތްކޮށްފަ އެވެ.

” އަހަރެންނަށް އަދިވެސް ހަމަ ނޭނގޭ ފިލްމުގައި ވާ ގޮތެއް” މިއީ މި ފިލްމުގެ ސީނެއް ކުޅެފައިވާ ފަރާތެއް ފިލްމާއި މެދު ބުނެފައިވާ ބުނުމެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close