ރިޕޯޓް

ކާމިޔާބު ފިލްމު ‘ސްޓޫޑެންޓް އޮފް ދަ ޔިއަރ’ ގެ ދެވަނަބައި ނެރެނީ!

ޕްނިތް މަލޯތްރާ ގެ “ސްޓޫޑެންޓް އޮފް ޔިއަރ’ ގެ ދެވަނަ ބައި 10 މެއި 2019 ގައި ސިނަމާތަކަށް އަންނާނެއެވެ. ކުރިން ހަމަޖެހިފައި އޮތީ މިއަހަރުގެ ނޮވެންބަރު މަހު މިފިލްމު ރިލީޒް ކުރާގޮތަށެވެ.  މި ފިލްމުގައި މައިގަނޑު ރޯލްތަކުގައި  ހަރަކާތްތެރިވަނީ ޓައިގާ ސްރޮފް އާއި އަނާނިޔާ ޕާންޑޭ އަދި ތަރާ ސުތަރިޔާއެވެ. މި ފިލްމުގެ ޓްރައިލާ ވަނީ މިއަދު ބެލުންތެރިންނަށް ދައްކާލާފައެވެ.  

ފިލްމުގެ ފުރަތަމަ ބަޔާއި ޚިލާފަށް ދެވަނަބައި ޓައިގާ ސްރޮފް ގެ ކުޅަދާނަ އެތްލެޓިކް ހުނަރުތަކާއި ނެށުންތަކެއް ޓްރެއިލާއިން ފެނިގެންދެއެވެ.

2012  ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމް “ސްޓޫޑެންޓް އޮފް ދަ ޔިއަރ” އަކީ 2012 ވަނަ އަހަރު ނިކުން ބެލުންތެރިންގެ މަގްބޫލުކަން ހޯދާފައިވާ ފިލްމެކެވެ. އެފިލްމުގެ ތަރިން ގެ ގޮތުގައި ފެނިގެންގޮސްފައިވަނީ ވަރުން ދަވަން ، ސިދާތް މަލޯތްރާ އަދި އާލިއާ ބަޓް އެވެ. 

“ސްޓޫޑެންޓް އޮފް ދަ ޔިއަރ” ގައި ހިމެނޭ “ރާދާ ތޭރީ ޗުންރީ” ވެގެން ގޮސްފައިވަނީ ސުޕަރ ހިޓް ލަވައަކަށެވެ. އާލިއާ އެންމެ ފަހުން ކުޅުނު ފިލްމް “ގަލީ ބޯއީ” ވެފައި ވަނީ އޭނާ ކުޅުނު ފިލްމް ތަކުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމަށެވެ. އެ ފިލްމްގައި އާލިއާ އާއި އެކު ފެނިގެންދަނީ ރަންވީރު ސިންގް އެވެ.

ވަރުން އަދި އާލިއާ ދެން އެންމެ އަވަހަށް ފެނިގެންދާނީ “ކަލަންކް” އިންނެވެ. ސިދާތް ދެން އެންމެ އަވަހަށް ފެނިގެންދާނީ ތާރާ އާއި އެކު “މަރުޖާވާން” އިންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close