ޚަބަރު

ހޮޅުދޫ ބޭސް ޖަމްއިއްޔާގެ ސްކޫލް ކުދިންގެ މަދަހަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފި

ނ. ހޮޅުދޫގެ ބޭސް ޖަމްއިއްޔާ (ބެޓަރ އެންވަޔަރމެންޓް ފޯރ ޔޫތް ސޮސައިޓީ) ގެ ފަރާތުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ސްކޫލް ކުދިންގެ މަދަހަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ބޭސްގެ ފޭސްބުކް ޕޭޖުގައި އާންމުކޮށްފައިވާ އިޢުލާންގައިވާ ގޮތުން މި މުބާރާތް އޮންނާނީ މެއި 24 ން 29 އަށް ނ. ހޮޅުދޫގައެވެ.

މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ދޫކުރުމާ ފޯމް ބަލައިގަތުން ހަމަޖެހިފައިވަނީ މެއި 7 ން 9 ށް ކޮންމެ ރެއަކު 9:00 ން 10:00 އަށް މައި ކޮލެޖްގެ ނ. ހޮޅުދޫ ކެމްޕަސްގައެވެ.

މިއީ މިމުބާރާތް ބާއްވާ ހަތަރުވަނަ އަހަރެވެ. ކުރީ އަހަރުތަކުގައި މިމުބާރާތުގައި ރާއްޖެގެ މަޝްހޫރު ފަންނާނުން އިންސާފު ކުރައްވާފައިވެއެވެ. ބޭސް ޖަމްއިއްޔާއަކީ އިޖުތިމާޢީ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ޖަމްޢިއްޔާއެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close