ހިތިވޭން ( ފަހުބައި)
ކުރީގެ އަދަދާއި ގުޅޭ…………
އެހެންމީހުންނާއެކު ވޭތުކުރެވޭ ވަގުތުތަށް އެއީ މިހާރު ފޫހި ވަގުތު ތަކެއްގެ ގޮތުގައި އޭނާއަށް އިހްސާސްކުރެވެން ފަށައިފިއެވެ. އިންތިހާއަށް ރުޝްދާނަށް އޭނާ ދޭތެރޭ ވިސްނެން ފެށިއެވެ. އުނދަގޫކުރާނެ މީހަކު ނެތުމުން ވާގޮތެއް ކަމަށް ގަބޫލު ކުރެވެއެވެ.
ގޮތުގައި
ހިފަހެއްޓުމުގެ ގޮތުން ރުޝްދާން
މަސްދުވަސް ވަންދެން އަޅާވެސް ނުލާ ހުރީއެވެ. މާގިނަ ދުވަހެއްނުވެ އަންނާނެކަން
އޭނާއަށް އެނގޭތީ ކަމަށް ވެދާނެއެވެ. އެހެނަސް ވީ އެހެންނެއް ނޫނެވެ. ޔަޝްމީ ދިޔަފަހުން
3 މަސް ވީއެވެ. އެއްވެސްޚަބަރެއް ނުވެއެވެ.
މިހާރު ރުޝްދާނަށް އިތުރު އެއްވެސް އަންހެން ކުއްޖަކާދޭތެރޭ ނުވިސްނެއެވެ. އޭނާގެ އުޅުމަށް ބަދަލު އަންނަމުން ދިޔައެވެ. ގުނައި އަދަދު ނުކުރެވޭ ވަރަށް ގެންގުޅުނު ބިޓުންތައް ދެކެ ފޫހިވާ ގޮތްވިއެވެ.
އެންމެ
ފަހުން ރުޝްދާން ޔަޝްމީ ހޯދަން މަސައްކަތް
ފެށިއެވެ. ޔަޝްމީ އޭނާއަށް ފެނުނީ އޭނާ ހޯދަން ދިޔަތާ ހަފްތާއެއްހާ ދުވަސް
ފަހުންނެވެ. ޔަޝްމީ ރުޝްދާނާއި ދުރަށް ދިއުމަށް އޭނާގެ މަންމަގެ ރަށަށް
ބަދަލުވިއެވެ. އޭރު ގަޑިން ރޭގަނޑު އެގާރަގަޑި ފަންސާސް ވެދާނެއެވެ. ޔަޝްމީ
ފެނުމުން ރުޝްދާނަށް ދުރަކު ނުހުރެވުނެވެ. ނިކަން ބާރު ހިނގުމުގައި ގޮސް
ޔަޝްމީއާއި އަރާ ހަމަކުރިއެވެ. މަގުމަތީ ވަނީ އެދެމީހުންނަށް މިނިވަންކަން
ދީފައެވެ. ރުޝްދާން ވަރަށް އަސަރާއެކު އޭނާއާއެކު އެނބުރި މާލެދިއުމަށް އެދުނެވެ.
އެހެނަސް އޭނާއަށް ރުޝްދާން ފެންނަކަމަކަށްވެސް ނުހެދިއެވެ. އޭނާ ދެއްކި އެއްވެސް
ވާހަކައެއް އަޑުއިވުނު ކަމަކަށްވެސް ނުހެދިއެވެ.
ޔަޝްމީ ފަސްއެނބުރި ބަލާވެސް ނުލާ ހިނގަމުން ދަނީ ކުރިއަށެވެ. ރުޝްދާނަށް ކެތެއް ނުކުރެވުނެވެ. އޭނާ ޔަޝްމީގެ އަތުގައި ހިފަން މަސައްކަތް ކުރިއެވެ. އެހެނަސް ރުޝްދާނުގެ އަތް ޔަޝްމީގެ އަތުގެ ތެރޭން އެއްވެސް ހުރަހެއް ނެތި އޭނާގެ އަތް ނިކުތުމުން ހައިރާންކަމެއް ލިބުނެވެ. އިރުކޮޅަކުން ޔަޝްމީ ފަހަތަށް އެނބުރި ބަލާލިއެވެ. އަދި ހިނިތުންވެލިއެވެ. ނަމަވެސް އެހިނިތުންވުމާއެކު އޭނާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ. ރުޝްދާނަށް ހުރިހާ ކަމެއް ސާފުވީ މާފުންނެވެ. ޔަޝްމީގެ ހަށިގަނޑުގެ ތެރެއިން އެއްވެސް ހުރަހެއްނެތި ހިނގާފައި ރުޝްދާނަށް ވަކިހިސާބަކަށް ދެވުނު ފަހުންނެވެ. ކުއްލިއަކަށް އޭނާ އެނބުރުން އަރާގަނެގެން ވެއްޓިއްޖެއެވެ. ޔަޝްމީގެ ޙަޤީގަތް އެނގުނު އޮތީ ވާނެ އެއްޗެވެ ނިމިފައެވެ. އާއެކެވެ. މިއަދު ޔަޝްމީއެއް ރުޝްދާނަށް އާދޭސްކުރާކަށެއް މިދުނިޔެއަކުނެތެވެ. އޭނާ ވަނީ މީގެ އެއްމަސްކުރިން ހިތުގެބަލީގައި އުމުރުގެ ފަހު ދުވަސްތައް އެކަނިވެރިކަމުގައި ވޭތުކޮށްފައެވެ. ހަމައެކަނި ހުރި މަންމަގެ އޯގާތެރިކަމުގެ ތެރޭގައި އޮވެ މިކެހިވެރިކަމުގެ ދުނިޔެއަށް ލޯމަރާލި އިރުވެސް އޭނާގެ ހިތުގައި ވަނީ ރުޝްދާންގެ ހިތިލޯތްބެވެ. (ނިމުނީ)
މަ ރޮއްވާލައިފި ސސާމިލޫ