ޚަބަރު

ސިއްޙީ ޙާލުކޮޅު ހުރިގޮތުން ރައީސް ޔާމީން ގެއަށްބަދަލުކޮށްފި

ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ތުހުމަތުގައި ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން ޙުކުމް ކޮށް އެޙުކުމް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް އެމަނިކުފާނުގެ ސިއްޙީ ޙާލުކޮޅު ގޯސްވުމުން ޑޮކްޓަރުންގެ ލަފާގެ މަތިން ގެއަށް ބަދަލުކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، މިރޭގެ ވަގުތެއްގައި ޔާމީން މާފުށީ ޖަލުން ގެއަށް ބަދަލުކުރީ ބަލިހާލަތު ހުރިގޮތުން ޑޮކްޓަރ އެގޮތަށް ލަފާދެއްވާފައިވާތީކަމަށާ، ގޭބަންދަށް ބަދަލުކުރެއްވީ، ވަކި ޝަރުޠުތަކަކާއެކުކަމަށެވެ. ގޭބަންދުގައި ހުންނައިރު ޢަމަލުކުރަންޖެހޭ ޝަރުތުތަކެއް ކަނޑައެޅުމަށްފަހު އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުންވެސް އެޝަރުތުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވެވަޑައިގެންފައިވާކަމަށް ކަރެކްޝަނަލް ސަރވިސްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ އުފުއްލަވާފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އަމިއްލަފުޅު އެކައުންޓްގައި ލޯންޑަރ ކުރެއްވިކަމުގެ ތުހުމަތުގައެވެ.

މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތް ނިމެންދެން، ޔާމީން ހައްޔަރުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުންކުރި އަމުރާގުޅިގެން ހައިކޯޓުގައި ކުރިއަށްގެންދިޔަ އިސްތިއުނާފު އަޑުއެހުންތައް މިހާރުވަނީ ނިންމާލާފައެވެ. އެހެންނަމަވެސް އިސްތިއުނާފު މައްސަލައިގެ ޙުކުމެއް އަދި ނުކުރައްވައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close