ޚަބަރު

ޚާއްޞަ ޓްރެއިނިންނެއްގައި ބައިވެރިވުމަށް ފުލުހުންގެ ވަފުދެއް އިންޑިޔާއަށް ފުރައިފި

އައިއެސްއޯ 17025 ލީޑް އިމްޕްލިމެންޓަރ ޓްރެއިނިންގައި ބައިވެރިވުމަށް ފުލުހުންގެ ވަފުދެއް އިންޑިއާއަށް ފުރައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މިއަހަރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮޖެކްޓަށް ހުށަހަޅާފައިވާ ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭ މި ޓްރެއިނިންގައި ބައިވެރިވުމަށް އިންޑިއާގެ ޗެންނާއީއަށް ގޮސްފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަފްރާ އާދަމްއާއި، ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ސަލީމާއި، ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ ޢަލީ ނަޒީފާއި،  ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ ޔޫސުފް އާދަމްއާއި، ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އިބްރާހީމް ރަމީޒާއި، ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ ހުސައިން ރަޝީދާއި، ޕޮލިސް ސްޓާފް ސަރޖަންޓް ޢަލީ ނާފިޢުއާއި، ޕޮލިސް ސްޓާފް ސަރޖަންޓް ޢަބްދުﷲ ޝިފާޒާއި، ޕޮލިސް ސްޓާފް ސަރޖަންޓް  ހަމްދޫން ހަމީދެވެ.

ފެބުރުވަރީ 24ން މާރިޗު 2ށް ކުރިއަށްދާ މި ޓްރެއިނިންގެ ތެރެއިން، ފުލުހުންގެ ފޮރެންސިކް ލެބޯޓްރީ އައިއެސްއޯ 17025ގެ މިންގަނޑަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަންކަމުގެ ތަމްރީނު ލިބިގެންދާނެއެވެ އަދި ފުލުހުންގެ ފޮރެންސިކް ލެބޯޓްރީގައި ބޭނުންކުރާ އާލާތްތައް ބެލެހެއްޓުމާއި ބޭނުންކުރުމަށް މުވައްޒަފުން ތަމްރީނުވެގެން ދިއުމުގެ އިތުރުން އައިއެސްއޯ 17025ގެ މިންގަނޑުގައި ފުލުހުންގެ ފޮރެންސިކް ލެބޯޓްރީ އަބަދުވެސް ބެހެއްޓުމަށްޓަކައި އިންޓަރނަލް އޮޑިޓަރުން ތަމްރީނުވެގެންދާނެއެވެ.

(ޕޮލިސްލައިފް)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close